ފޮޓޯ: މިހާރު
ހަބަރު
22 Sep 2022 | 14:18
މިފްކޯގެ 14 އައިސްޕްލާންޓެއް ފެނަކައާ ޙަވާލުކޮށްފި

މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ. 

މިފްކޯގެ އައިސް ޕްލާންޓުތަކާއި އެއާ ގުޅޭ ތަކެއްޗާއި މުވައްޒަފުން ފެނަކައާ ހަވާލުކުރުމަށް މިއަދު ފެނަކަ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސްޕްލާންޓްތަކުގެ ތެރޭގައި ހިމެނެނީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކިލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ، އަދި ސ.ހިތަދޫ ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އަޙްމަދު ސައީދު ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ ވަރަަށް އައިސް މިވަގުތައް ހުރި ފެސިލިޓީގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، އެ ކުންފުންޏާ ހަވާލުކުރި 14 އައިސް ޕްލާންޓުގެ ތެރެއިން ހުއްޓިފައި ހުރި ދެ އައިސް ޕްލާންޓެއްގެ މަރާމާތުގެ މަސައްކަތް ނިންމައި ވީ އެންމެ އަވަހަކަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ސައީދު ވަނީ ސަރުކާރުން ފެނަކައަށް އިތުބާރުކޮށް މިފަދަ މަސައްކަތެއް ޙަވާލުކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިންނަށް ބޭނުންވާ އައިސް މިވަގުތަށްހުރި ފެސިލިޓީސްތަކާއިއެކު ނުހުއްޓި ކުރިއަށްގެންދިއުމަށް ހުރިހައި މަސައްކަތެއްކޮށް އެ ޔަޤީންކަން މަސްވެރިންނަށް ދޭކަމަށް ސައީދު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިވަގުތު އަޅުގަނޑުމެންނާއި ހަވާލުކުރި ޕްލާންޓްތަކުގެ ކެޕޭސިޓީ ހުރި ވަރަކުން ނުހުއްޓި އައިސް ލިބޭނެ ހުރިހައި އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އަޅުގަނޑުމެންގެ ފުރަތަމަ މަރުހަލާގައި މައިގަނޑު ކަމަކީ ހުއްޓިފައި ހުރި ޕްލާންޓްތައް 24 ގަޑިއިރު ހިންގޭނެ ފަދަ މެކޭނިޒަމްއަކަށް ގެނައުން. އެއަށްފަހު ހަރަދުކުޑަކުރުމަށް އަޅުގަނޑުމެންގެ ކޭބަލް ނެޓްވޯކްއާއި ގުޅަން. އަދި މިވަގުތައް ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުން." ސަޢީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.