ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު-- ފޮޓޯ: މަޖިލިސް
ހަބަރު
23 Sep 2022 | 16:07
ދަރަނި 100ބިލިއަން ހުރަސްކުރި އިރުވެސް އިންޑިއާ އިން ލޯނުގެ މައްޗަށް ލޯނު ނަގަނީ: ސައީދު

ދިވެހިރާއްޖޭގެ ދަރަނި 100 ބިލިއަން ހުރަސްކުރި އިރުވެސް، އިންޑިއާ އިން ލޯނުގެ މައްޗަށް ލޯނު ނަގަމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަންބޮޑުވުންފާޅުކޮށްފިއެވެ. 

ސައީދު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު ވެސް ސަރުކާރުން ހުއްޓުމެއްނެތި ލޯނު ނަގައި، ފައިސާ ޗާޕުކުރަމުންދާތީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އެގޮތުން ފައިސާ ޗާޕުކޮށްގެން ކުރާ ޚަރަދުތައް ހާމަކުރުމަށް ނުވަތަ ސަރުކާރުން ކުރާޚަރަދަށް އެމްޑީީޕީ ކޯލިޝަނުން ޒިއްމާވާނަންތޯ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށްއެހީމަ އަރަނީ ރަތަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

"ގައުމުގެ ދަރަނި 100ބިލިއަން ހުރަސްކޮއްފި. ފައިސާހަމަޗާޕްކުރަނީ،އިންޑިއާ އިންލޯނުގެމައްޗަށްލޯނުނަގަނީ. ޗާޕުކޮއްފަ ކުރާޚަރަދު ހާމަކުރާށޭ ނުވަތަ ސަރުކާރު ކުރާޚަރަދަށް އެމްޑީީޕީ ކޯލިޝަން ޒިއްމާވާނަންތޯ މަޖިލިސްގަ ވޯޓަށްއެހީމަ އަރަނީ ރަތަށް!" ސައީދު ވިދާޅުވިއެވެ. 

ރާއްޖޭގެ ރިޒާވް މަހުން މަހަށް ދަށްވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު އަދި ރާއްޖޭގެ ދަރަނި މިހާރު ވަނީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއާއެކު ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ހުރީ ބޮލަކަށް 183،000ރ. އަށްވުރެ ގިނައިން ޖެހޭ ވަރުގެ އަދަދަދަކަށެވެ.

ދަރަނި އިތުރުވެ، ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވަމުން އަންނަ މައްސަލަތައް ހައްލު ކުރުމަށް އިދިކޮޅު ފަރާތްތަކުން އަބަދާއި އަބަދު އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓް
ރަށުމީޙާ
މާވަށު ދާއިރާގައި ހިންގާ މަޝްރޫއުތަށް ހިންގަނީ ސައީދު މާމަގެ އެކައުންޓުގަ ހުރި ފައިސާއިންތަ. މަސައްކަތް ނިމޭއިރަށް ބުނާނެ އަޅުގަނޑުގެ މަސައްކަތުން ދާއިރާއަށް ގެނެސްދިން ތަރައްގީ އެކޭ
23 Sep 2022
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ