09 Jan 2019 | 22:15
ސުއޫދުއާއި ދެކޮޅަށް ފިޔަވަޅު އެޅިދާނެ: ޑީޖޭއޭ

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ގުޅޭގޮތުން، މަރާލާފައި އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި ގުޅޭ ރިޔާސީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެބޭފުޅާއާއި ދެކޮޅަށް ފިޔަވަޅު އެޅިދާނެކަމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭއިން މިހެން ބުނީ އެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަތަކުގެ ތަފްސީލް ހިއްސާކުރުމަށް އެދުމުންވެސް އެކަމަށް އިންކާރުކޮށްފައިވާކަމަށެވެ. 

އެހެންކަމުން ސުއޫދު ދެއްކެވި ވާހަކަތަކަކީ ސާބިތު ނުހިފޭ ގޮތަށް އަދި ފަނޑިޔާރުންގެ އަގު ވައްޓާލެވޭ ފަދަ ވާހަތަކެއް ކަމަށް ބެލެވިދާނެކަމަށް މާޖިދު ވަނީ ވިދާޅުވެފައެވެ. މިއީ ކޯޓުގެ ހުރުމަތް ކަނޑާލުމަށް ދެއްކި ވާހަކަތަކެއް ކަމަށް ބެލެވިދާނެ ކަމަށާއި ސުއޫދުގެ އެ ވާހަކަތަކާ ގުޅޭގޮތުން އޭނާއާ މެދު ފިޔަވަޅު އަޅަން ހުރަހެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އޭނާއާއި ދެކޮޅަށް ފިޔަވަޅެއް އަޅާނެތޯ ސީދާކޮށް މާޖިދު ވިދާޅުވެފައެއް ނުވެއެވެ.

ޑީޖީއޭ އިން ވަނީ ސުއޫދުގެ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.