ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ -- ފޮޓޯ/ މިހާރު
ހަބަރު
23 Sep 2022 | 16:49
ހަނގުރާމައަށް ދާ ދޮރުތައް ބަންދުކުރެވިއްޖެ؛ ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ބެލެވޭ: އިމްރާން

ހަނގުރާމައަށް މީހުން ދާ ދޮރުތައް މިހާރު ވަނީ ބަންދުކުރެވިފައި ކަމަށާ، އެ މައްސަލާގައި މިހާރު ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ބެލެވޭ ކަމަށް، ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ. 

އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ 'ރާއްޖެ ޓީވީ' ގެ 'ފަލަ ސުރުޚީ' ޕްރޮގްރާމް ގައި, ރާއްޖެއިން ބޭރަށް ހަނގުރާމައަށްދާ މައްސަލަ އާއި ގުޅިގެން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

އެގޮތުން، ޢިމްރާން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހިނގާ އެކި ހަނގުރާމަ ތަކަށް ދިވެހިންދާ ދޮރުތައް މިހާރު ވަނީ ވަރަށް ބޮަޑަށް ބަންދުކުރެވިފައި ކަމަށެވެ. އަދި ހަނގުރާމަ އަށް މައްސަލަ ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތް މިހާތަނަށްވެސް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެދޮރުތައް އަޅުގަނޑުމެންނަށް ވަނީ ވަރަށް ބޮޑަށް ބަންދުކުރެވިފައި. ޚާއްސަކޮށް މި ދައުރުގެ ތެރޭގައި، ދެން އެ ސަރަހައްދު ތަކަށްވެސް އައިސްފައިވާ ބައިވަރު ބަދަލުތަކާއިއެކުގައިވެސް އެކުގައި، އަޅުގަނޑުމެންނަށް މިހާރު ވަނީ އެކަމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތައް ކުރެވިފައި." 

ހޯމް މިނިސްޓަރު ޢިމްރާން 

ޢިމްރާން ވިދާޅުވީ، ސަރުކާރުގެ އިންޓެލިޖެންސް އިދާރާތަކުގެ އެހީގައި އެފަދަ (ހަނގުރާމަ އަށްދާން ބޭނުންވާ) މީހުން ރެކޯޑް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތަށް ބޮޑު ހުރަހެއް އެޅިފައިވާކަމަށެވެ. އެގޮތުން ހަނގުރާމަ އަށް ދިޔުމުގެ ވިސްނުމެއް ގެ ތެރެއިން ދަތުރުކުރަން ގަސްތުކުރާ ބައެއް ފަރާތްތައްވެސް ހުއްޓުވާފައިވާ ކަން އިމްރާން ފާހަގަކުރެއްވިއެވެ. ވުމާއެކު، ހަނގުރާމައަށްދާ މައްސަލާގައި މިހާރު ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ