ރައީސް ޔާމީން އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ޖަލްސާއެއްގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Sep 2022 | 11:56
އާރަށް މައްސަލަ: އީވައިސީގެ ޔައުމިއްޔާއެއްކަމަށް ދައުލަތުން ހުށައަޅާފައިވަނީ ސައްހަ ޔައުމިއްޔާއެއް ނޫން: ސައީދު

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހެއްކެއްގެ ގޮތުގައި  ދައުލަތުން ހުށައެޅި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް(އީ.ވައި.ސީ) ގެ ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެ، ކުރީގެ އިކޮނިމް މިނިސްޓަރު އަދި އީ.ވައި.ސީގައިވެސް ހިމަނިވަޑައިގަންނަވާ މުހައްމަދު ސައީދު ހެކިބަސް ދެއްވައިފިއެވެ. 

ވ. އާރަށުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. 

އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، 2013ން 2018ށް އޭނާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) ގައިވެސް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެ ކައުންސިލުގައި އޭނާގެ އިތުރުން، ފިޝަރީޒް މިނިސްޓަރާއި، ޓޫރިޒަމް، ޔޫތު އަދި ފިނޭންސް މިނިސްޓަރ ހިމެނޭ ކަމަށާއި، އެ ކައުންސިލުގެ ޗެއަރ އަކީ ރައީސް ނުވަތަ ރައީސް ކަނޑައަޅުއްވާ ފަރާތެއްކަމަށެވެ. 

އެ ކައުންސިލަށް ހުށައެޅޭ ކަންކަމަކީ ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާ ކަންމެއްކަމަށާއި، އެ ކައުންސިލްގެ ޔައުމިއްޔާތަކަކީ ގަވައިދުން ބަލަހައްޓަމުންދާ ލިޔެކިޔުންތަކެއްކަމަށެވެ. 

އެގޮތުން އީ.ވައި.ސީގައި މައްސަލައެއް އެޖެންޑާ ކުރުމަށް ވަކި ފޯމެޓެއް އޮންނަކަމާއި، އެ ކައުންސިލުން ނިންމާކަންކަން ފާސްކުރުމަށްފަހު ޔައުމިއްޔާ ކުރެވި، އެ ޔައުމިއްޔާތަކުގައި ކައުންސިލްގެ މެމްބަރުން ސޮއިކުރައްވާނެކަމަށް ސައީދު ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅިގެން އީ.ވައި.ސީގެ ޔައުމިއްޔާއެއްކަމަށް ދައުލަތުން ހުށައަޅާފައިވާ ޔައުމިއްޔާ ބެއްލެވުމަށްފަހު ސައީދު ވަނީ އެއީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެފައެވެ. 

އެ މައްސަލައާއި ގުޅިގެން ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ސައީދު ތަކުރާރުކޮށް ވިދާޅުވީ، އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓެވުމަކީ ގަވައިދުން ކުރައްވަމުން ގެންދާ ކަމެއްކަމަށެވެ. އެގޮތުން ސެކްރެޓޭރިއެޓް ޔައުމިއްޔާ ތައްޔާރުކުރެއްވުމަށްފަހު، ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ލައްވާ ސޮއި ކުރުވާނެކަމަށެވެ.

އަދި ޔައުމިއްޔާގެ ކޮންމެ ގަނޑެއްގައި މެމްބަރުންގެ އިނީޝަލް ޖައްސަވާނެކަމަށާއި، އަދި ޔައުމިއްޔާގެ ފަހު ސަފްހާގައި އެ މެމްބަރެއް ސޮއި ކުރުމަށް އޮންނަ ތަނުގައި ސޮއިކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔައުމިއްޔާ ފާސްކުރާނީ އެ އުސޫލުގެ ދަށުންކަމަށާއި، ސޮއި ނުކުރައްވާ ޔައުމިއްޔާއެއް ނޯންނާނެކަމަށް ސައީދު ވަނީ ވަރަށް ޔަގީންކަމާއެކު ވިދާޅުވެފައެވެ. 

ވ. އާރަށުގެ މައްސަލަ އީ.ވައި.ސީއަށް ހުށައެޅުނުތޯއާއި އެ މައްސަލައާއި ގުޅިގެން އެ ކައުންސިލްގައި މަޝްވަރާ ކުރެވިފައިވޭތޯ މިއަދުގެ އަޑުއެހުމުގައި ވަނީ ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ރަށްތައް ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީ އާންމު އުސޫލަކުން އީ.ވައި.ސީއަށް ހުށައެޅޭ ޒާތުގެ މައްސަލައެއް ނޫންކަމަށެވެ. އެހެންކަމުން ސީދާ އެ މައްސަލަ ސީދާ އެ ކައުންސިލަށް ހުށައެޅުނު ތޯ ނޫންތޯ ކަނޑައެޅިގެން ދަންނަވަން އެނގިވަޑައި ނުގަންނަވާކަމަށް ސައީދު ވިދާޅުވިއެވެ. 

އަދި އެފަދަ މައްސަލައެއް އީ.ވައި.ސީއަށް ހުށައެޅިފައިވާނަމަ ޔަގީނުންވެސް އެޖެންޑާ ކުރެވިފައިވާނެކަމަށާއި، އަދި އެ މައްސަލައަކީ އީ.ވައި.ސީގައި މަޝްވަރާކުރެވުނު މައްސަލައެއްކަމަށްވާނަމަ ޔަގީނުންވެސް ޔައުމިއްޔާގައި ކިޔެވި، އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ސޮއި ކުރެވިފައި އޮންނާނެކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ސޮއި ނުކުރެވޭ އެއްވެސް ޔައުމިއްޔާއެއް ނޯންނާނެކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.