އަލީ ސޯލިހު ޖޭޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
25 Sep 2022 | 13:39
ނާޒިމު ނެތަސް ޖުމްހޫރީ ޕާޓީގެ ހިތްވަރު އަދިވެސް ދައްކާނެ: އަލީ ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއިން ނެތް ނަމަވެސް، އެ ޕާޓީއިން އަދިވެސް ހިތްވަރު ދައްކާނެކަމަށް ޕާޓީގެ ސްޕޯކްސް ޕާރސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ. 

އަލީ ސޯލިހު މިފަދައިން ވިދާޅުވީ ދާދިފަހުން މޯލްޑިވަސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވަރަށް ބޮޑަށް ނާޒިމު ފާޑުވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

އަލީ ސޯލިހު ވިދާޅުވީ ނާޒިމު މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވީ ޖޭޕީގެ ސްލޮޓެއްގައިކަމަށެވެ. ގޮނޑި ކާމިޔާބުކުރުމަށްފަހު ޕާޓީއިން ނިކުމެމަޑައިގެން ތާއީދު އޮތްކަމަށް ވިދާޅު ނަމަވެސް އެއީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއެކު އަލީ ސޯލިހު ވަނީ ރައްޔިތުންނަށް ތާއީދު އޮތް މިންވަރު ދެއްކެވުމަށް އިސްތިއުފާދެއްވުމަށްފަހު އަލުން އަމިއްލަފުޅަށް ކުރިމަތިލައްވާ ގޮނޑި ކާމިބާރު ކުރެއްވުމަށް ނާޒިމްއަށް ގޮވާލައްވާފައެވެ. 

"ޖޭޕީއިން ނިކުންނަވާ ބުރަކަށިމަތީގައި ހިންގަވާ، ޖޭޕީ ނަމުގައި ގޮނޑިއެއް ލިބުނީމާ ޖޭޕީއިން ވަކިވެ ޖޭޕީއިން ނޫންކަމަށް ތިމާ ހޮވުނީ ވިދާޅުވާ ބޭފުޅުން ނިކަން ކެރިވަޑައިގަންނަވަންޏާ އިސްތިއުފާދީ އަލުން އެ ދާއިރާއަށް ވާދަކުރައްވާ"

ޖޭޕީގެ ސްޕޯކްސް ޕާރސަން އަލީ ސޯލިހު

އަލީ ސޯލިހު އިތުރަށް ވިދާޅުވީ ނާޒިމް ޕާޓީ ދޫކުރައްވާ ވަޑައިގެންނެވި ނަމަވެސް ޕާޓީ އަދި އެ ޕާޓީގެ ލީޑަރު އަދިވެސް ހިތްވަރު ދައްކާނެކަމަށެވެ. އަލީ ސޯލިހުގެ ޓްވީޓުގައި ވަނީ ޕާޓީ ދޫކުރައްވާ ވަޑައިގެން ނާޒިމް އަމިއްލަފުޅު ސިޔާސީ ޕާޓީއެއް ހެއްދުވުމާއި ގުޅިގެން ގާސިމް އިބާރާހިމް ދެއްކަވާފައިވާ ވާހަކަފުޅެއްވެސް ހިއްސާކުރައްވާފައެވެ. 

އެ ކަމާއި ގުޅިގެން ގާސިމް ވިދާޅުވީ، ޕާޓީ ދޫކުރައްވާ ވަޑައިގަންނަވާ ފަރާތްތައް ބޭކާރު ނުވެ، އަމިއްލަ ސިޔާސީ ޕާޓީތައް ހެދުމަކީ ޖުމްހޫރީ ޕާޓީއަކީ މީހުން ބިނާކުރާ ޕާޓީއެއްކަން ދަލީލުކޮށްދޭކަމެއްކަމަށެވެ. އަދި އެއީ އުފާކުރައްވާކަމެއްކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. 

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަޖިލީހަށް ވަޑައިގަތުމަށްފަހު، ދަނގެތީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު ވަނީ ޕާޓީއިން ވަކިވެވަޑައިގަންނަވާފައެވެ. އެފަހުން އެ ބޭފުޅުންވެގެން އެމްއެންޕީ އުފައްދަވާފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީއިން ވާދަކުރާނެކަންވެސް ވަނީ އިއުލާނުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.