09 Jan 2019 | 22:21
މާލޭގައި އަނިޔާވެެރިކޮށް ބުޅާތައް މަރާ މައްސަލަ ފުލުހަށް!

މާލޭގެ މަގުމަތިން އަނިޔާވެރިކޮށް މަރާލާފައިވާ ބުޅާތައް ފެންނަ މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށައަޅައިފިއެވެ.

މިކަން ފުލުހުން ކުރި ޓްވީޓަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާތީ ރައްޔިތުންގެ ތެރެއިން ބަޔަކު މިކަން ހުއްޓުވައިދިނުމަށް އެދި ފުލުހުންނަށް ޕެޓިޝަނެއް ހުށަައަޅާފައިވާ ކަމަށެވެ.

މި މައްސަލައަކީ ފުލުހުން ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގެ މަގުމަތިން ފަހަކަށް އައިސް ވަރަށް އަނިޔާވެރިކޮށް މަރާލާފައިވާ ބުޅާތައް ދަނީ ފެންނަމުންނެވެ. މި ފަދަ ބުޅާތަކުގެ ބޮލުގައި އެއްޗަކުން ގިނަފަހަރު ޖަހާފައިވާއިރު، ބުޅާތަކަށް ބަޔަކު ގަސްދުގައި ހަމަލާ ދެމުންދާކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 625ވަނަ މާއްދާގައިވާ ގޮތުގައި ޖަނަވާރަކަށް އަނިޔާވެރި އަމަލުކުރުމަކީ ތިންވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތުވެއްޖެނަމަ މަދުވެގެން ހަ ދުވަސް ނުވަތަ ގިނަވެގެން ތިންމަހުގެ ޖަލުހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ