ޕީޕީއެމްގެ ސެނެޓަރ ތޯރިޤް އިބްރާހިމް-- ފޮޓޯ: ސަން
26 Sep 2022 | 12:19
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ އެކަހަލަ ތިން އެއާޕޯޓް ތަރައްގީ ކުރެވޭނެ އަގަށް: ޠާރިގު

ހަނިމާދު އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ އަގު ކަމައްވާ 2.1 ބިލިއަން ރުފިޔާ އަކީ ގާތްގަނޑަކައް އެކަހަލަ 3 އެއާޕޯޓް ތަރައްގީ ކުރެވޭނެ ވަރުގެ އަގެއް ކަމަށް ކުރީގެ އެންވަރަމެންޓް މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ސެނެޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި ރޭގައި ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ޠާރިގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަނިމާދު އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ އަގު ކަމައްވާ 2.1 ބިލިއަން ރުފިޔާ އަކީ ގާތްގަނޑަކައް އެކަހަލަ 3 އެއާޕޯޓް ތަރައްގީ ކުރެވޭނެ ވަރުގެ އަގެއްކަމަށެވެ.

"މިއީ މި ސަރުކާރުން ވަރައް ޒިންމާދާރުކަން ކުޑަކޮއް، ދިވެހިންނައް ބުރަ  އުފުލަންޖެހޭ ގޮތައް ކުރިއައް ގެންދާ ޕްރޮޖެކްޓެއް!" ޠާރިގު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ބޮޑު އަގުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި ހަވާލު ކުރުމާއި ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން، ފާޑުވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި މާލެސިޓީގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވަނީ، އެ މަސައްކަތް ހަވާލު ކުރެވުނު ކުންފުންޏަކީ އެކަން ކުރުމުގެ ގާވިލުކަންވެސް ނެތް ކުންފުންޏެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދައިން ކަންތައް ކޮށްގެން ރައްޔިތުން ގުނބޯ ހައްދަން ހެޔޮ ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.