ޝިޔާމު އިހުތިޖާޖުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
27 Sep 2022 | 12:43
މި ސަރުކާރުގެ ހަތަރު އަހަރު މަސްވެރިންގެ މައްސަަލަތައް ވީ އިތުރު: ޝިޔާމު

މި ސަރުކާރުގެ ހަތަރު އަހަރުގައި މަސްވެރިންގެ މައްސަލަތައް ވީ އިތުރުކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ގޮވާލާ އިދިކޮޅުން ވަނީ ރޭ އިހުތިޖާޖުކޮށްފައެވެ. 

އެ އިހުތިޖާޖުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ މާތް ރަސްކަލާނގެ ރަހުމަތްފުޅާއެކި ރާއްޖޭގައި މަސްވެރިކަން އަނެއްކާވެސް ތިޔާގިވެފައިވާކަމަށެވެ. 

މަސްވެރިންނަކީ ރާއްޖޭގެ އިގްތިސާދަށް ހަކަތަ އިތުރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާ ބައެއްކަމަށާއި، މިހާރު ވެރިކަމުގައި ތިބީ މަސްވެރިންނަށް ވަރަށް ގިނަ ވައުދުތަކެއް ވެގެން އައި ބައެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ މި ސަރުކާރަށް ހަތަރު އަހަރު ވެގެން ދިޔައިރު މަސްވެރިންނަށް ދިމާވެފައިވާ ަމއްސަލަތައް ހައްލުކޮށް ނުދެވުނު ތާގައި މަސްވެރިންގެ މައްސަލަތައް ވީ އިތުރުކަމަށެވެ. 

"މަސްވެރިންނަށް ހަމަ އަގު ހޯދާދޭނެ ވާހަކައާއި ކަންނެލި ޖަގަހަތަކެއްގެ ވާހަކައާއި، ގޭދޮށު މަސް ފެކްޓްރީގެ ވާހަކައަކާއި، ނޫ އިގްތިސާދުގެ ވާހަކަ، މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭރު ދައްކަމުން ދިޔަ ވާހަކަ. އެއީ ކެމްޕޭނުގައި މަސްވެރިންނަށް އޮޅުވާލުމަށްޓަކައި ދެއްކި ވާހަކަކަން މިއަދު އަޅުގަނޑުމެންނަށް އެނގެނީ. ހަތަރު އަހަރުވެގެން ދާއިރުވެސް މަސްވެރިންގެ މައްސަލަތަކަށް އެއްވެސް ހައްލެއް ނުލިބޭ. މަސްވެރިންގެ މައްސަލަތައް ވީ އިތުރު"

ޕީޕީއެމްގެ ނައިބުރައީސް ޝިޔާމު

ޝިޔާމުގެ ވާހަކައިގައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި، އެ ޕާޓީއަށް ބައިޢަތު ހިފައިގެން ހެދި ކޯލިޝަނުން މަސްވެރިންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިން މިއަދު އުފުލަމުންދާ ތަކުލީފުތަކުގެ ފުރިހަމަ ޒިންމާ އެމްޑީޕީއިން މިއަދު ނަގަން ޖެހޭކަމަށް ޝިޔާމުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.