ރައީސް ޔާމީނާއި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް
ހަބަރު
27 Sep 2022 | 14:13
ބޮޑު ތަކުރުފާނުގެ ޢަޒުމް ދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން: ޑރ.ޖަމީލް

މިއަދު ދިވެހިރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންގެ ތެރެއިން ބޮޑު ތަކުރުފާނުގެ ޢަޒުމް ދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ގައުމީ ދުވަހުގެ މުނާސަބާތުގައި ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އާލާކުރަންވީ ގައުމީ ބަޠަލް ދެއްކެވި ހިތްވަރުގަދަ ޢަޒުމް ކަމަށެވެ. އަދި ޤަމިއްޔަތުގެ އަސާސް މިމިންވަރަށް ފުނޑިފައިވާ ޤައުމީ ދުވަހެއް މިއިން ޒަމާނަކުވެސް ނުދެކޭ ކަމަށް ވިދާޅުވެ ޑރ.ޖަމީލް ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ބޮޑު ތަކުރުފާނުގެ ޢަޒުމް ދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރ.ޔާމީން. ގައުމިއްޔަތު ދިފާޢުކުރަން ތެދުވާން ވީވަގުތު މިއޮތީ ޖެހިފައި." ޑރ. ޖަމީލް ވިދާޅުވިއެވެ. 

އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން އިންޑިއާ އާކި އެކު ބާއްވަމުންދާ ގާތް ގުޅުމަށް އިދިކޮޅުން އަބަދުވެސް އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ދިވެހިރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ދުލުން ކިޔާލާ ނަމަވެސް، މިއަދު ދިވެހިރާއްޖެއަކީ އިންޑިއާ ގެ އަޅުވެތި ކަމުގެ ދަށުގައިވާ ގައުމެއް ކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ދައްކަވަނީ ދިވެހިރާއްޖެއިން އިންޑިއާ އާއި އެކީ ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، ޚާއްޞަކޮށް އުތުރު ތިލަފަޅު އެއްބަސްވުމެވެ.
އެފަދަ އެއްބަސްވުންތަކުގެ ސަބަބުންނާއި އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ގާއިމްވެ ތިބުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ކަމަށް ބުނެ އިދިކޮޅުން ވަނީ "އިންޑިއާ އައުޓް" ނަމުގައި ކެންޕެއިނެއް ވެސް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.