ރައީސް ޔާމީން ރަސްމީ ފާލަމުގައި ހުންނަވަނިކޮށް
ހަބަރު
27 Sep 2022 | 20:29
ޕީޕީއެމްގެ ހަރަކާތްތައް އިތުރުކުރުމަށް ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހަރަކާތްތައް ވަރުގަދަކޮށް އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމު ދ.ކުޑަހުވަދޫއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ. 

އެކަން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ. 

ރައީސް ޔާމީން ކުޑަހުވަދުއަށް ވަޑައިގަތުމަށް ނިންމަވާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ. 

އިދިކޮޅުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކުޑަހުވަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށެވެ. 

އޭގެ އިތުރުން ޕާޓީގެ ހަރަކާތްތައް އިތުރުކުމާއި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްޕުޅުވެސް ކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ. 

އަދި ހަމައެހެންމެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ ކުޑަހުވަދޫގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުންވެސް ވަނީ ތައްޔާރުވާން ފަށައިފައެވެ. އެގޮތުން ޕީޕީއެމްގެ ހިންގުން ހަރުދަނާކޮށް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މިހާރުވެސް އެ ޕާޓީއިން ގިނަ ހަރަކާތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. 

ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވަން ނިންމަވާފައިވާއިރު، މި ދަތުރުފުޅަށް ތައްޔާރުވުމަށް ޕީޕީއެމްގެ އެޑްވާންސް ޓީމެއް މިވަގުތު ތިއްބެވީ ކުޑަ ހުވަދޫގައެވެ.

ކުޑަހުވަދޫއަށް ވަޑައިގެން ޕީޕީއެމްގެ ޓީމަށް އެރަށުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވާނެ ދުވަހަކށް ރައްޔިތުން އިންތިޒާރު ކުރަމުންދާކަމަށް އެ ޓީމުގައި އިސްކޮށް ހުންނެވި އިދިކޮޅުގެ އެކްޝަން ޑިޕާރޓުމަންޓުގެ ޗެއަރ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.