ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް
ހަބަރު
29 Sep 2022 | 10:29
ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ނަމަ އިންތިހާބު ބޭއްވިޔަ ނުދޭނަން: މުންދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނަމަ އިންތިޚާބު ބޭއްވިޔަ ނުދޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދައިގެން ޔާމީނަށް އަނިޔާކުރަން އުޅުމުގެ ބޭނުމެއް ނެތް ކަމަށާއި، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެމަނިކުފާނު ވެރިކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

އަދި އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނެތް ނަމަ އެއަރައިގަނެވެނީ ގިނަ ބައެއްގެ ހައްގަށް ކަމަށްވެސް މުންދު ވިދާޅުވިއެވެ. 

"ދިވެހި ރައްޔިތުންގެ ތެރެއިން މެޖޯރިޓީ ބަޔަކު ބޭނުންވޭ ރައީސް ޔާމީން ވެރިކަމަށް ގެންނަން. އެހެން ކަމަށް ވަންޏާ ރައީސް ޔާމީންގެ ނަންފުޅު އޮންނަންޖެހޭނެ. އެހެން ނޫނީ ވަރަށް ގިނަ ބައެއްގެ ހައްގަށް ދެއްތޯ އެއަރައިގަނެވެނީ. އެބަޔަކު ނުތިބޭނެ ދެއްތޯ ބަލަހައްޓައިގެން ފަސް އަހަރު މި ލިބުނު އަނިޔާ އިތުރު ފަސް އަހަރު ލިބޭކަށް" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ މި ފަސް އަހަރު ލިބުނު އަނިޔާ އިތުރު ފަސް އަހަރު ލިބެން ބަލަހައްޓައިގެން އެ ރައްޔިތުން ނުތިބޭނެ ކަމަށާއި އެކަން ވިޔަނުދޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.