ރައީސް ޔާމީން ކުޑަހުވަދޫގައި
29 Sep 2022 | 16:36
ޕާޓީ ހަރަކާތްތައް ވަރުގަދަ ކުރުމަށް، ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގެންފި!

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމު ދ.ކުޑަހުވަދޫއަށް ވަޑައިގެންފިއެވެ. 

ދާދި ދެންމެ އަކު ރައީސް ޔާމީން އާއި އިދިކޮޅު އިއްތިހާދުގެ ޓީމު ކުޑަހުވަދޫއަށް ވަޑައިގެންފައިވާއިރު ގިނަ އަދަދެއްގެ މީހުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގޮސްފައެވެ. 

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި، ކުޑަހުވަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ޕީޕީއެމްގެ ހަރަކާތްތައް އިތުރުކޮށް ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އިދިކޮޅުން ބުނެފައިވެއެވެ. 

އަދި ހަމައެހެންމެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް ވެސް މިރޭ ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެއެވެ. 

ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ މި ދަތުރުފުޅަށް ތައްޔާރުވުމަށް ޕީޕީއެމްގެ އެޑްވާންސް ޓީމެއް މިވަގުތު ތިއްބެވީ ކުޑަ ހުވަދޫގައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުންވެސް މިހާރު ވަނީ ތައްޔާރުވާން ފަށައިފައެވެ. އެގޮތުން ޕީޕީއެމްގެ ހިންގުން ހަރުދަނާކޮށް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މިހާރުވެސް އެ ޕާޓީއިން ގިނަ ހަރަކާތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.