އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
ހަބަރު
29 Sep 2022 | 18:02
ޖަމާލުއްދީނާއި އަރަބިއްޔާގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ ޑިޒައިންގ އެންޑް ބިލްޓްގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

އަމީން ކޮންސްޓްރަކްޝަނާ އަރަބިއްޔާ ސްކޫލް އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތަށް ހަވާލުކޮށްފައި ވަނީ 168،525،150.92 ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ..

މި މަސައްކަތުގެ ދަށުން އެގޮތުން އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކޮށް، ހަތަރު ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގައި 34 ކްލާސްރޫމް އިމާރާތްކޮށް، ދެ ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން 2 ސްކޫލްގެ މުވައްޒަފުންގެ ފާކުކުރުމަށް ފާކިން އޭރިއާއެއް ޑިޒައިންގައި ހިމެނޭނެ ކަމަށާއި އެ ސަރައްދުގެ ޓްރެކްފިކް ހައްލުކުރުމަށް މަދޮށިގޯޅިން ޖަމާލުއްދީން ހިނގުމަށް ސްކޫލުގެ ބޭނުމަށް އާ މަގެއްވެސް ޑިޒައިންގައި ހިމެނިފައިވާނެ ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އުންމީދު ކުރަނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު އެ އިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓާމު ކިޔެވުން ފެށޭއިރު އެ އިމާރާތުގެ ބޭނުން ކުރަން ފެށޭނެ ކަމަށެވެ. 

އަދި އެ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބާ ޖަމާލުއްދީން ސްކޫލް ތަޅާ ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އޮކްޓޯބަރު މަހުގެ 14 އަށް އެ ތަން އެއްކޮށް ސާފުކޮށް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ އެ އިމާރާތް ނިމުމުން އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވޭނެ ކަމަށާއި ޖަމާލުއްދީން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ ސްކޫލްގައި ކިޔަވާދެވޭ ކުދިން އެއް ދަންފަޅިއަށް ކިޔަވައިދޭ ފުރާ ފުރިހަމަ ސްކޫލެއްގެ ގޮތުގައި ބަދަލު ކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ