ކުޑަ ހުވަދޫގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
30 Sep 2022 | 00:19
މަސްވެރިންގެ ވަރަށް ގިނަ މައްސަލަތައް އަޅުގަނޑުގެ ވެރިކަމުގައި ހައްލުކޮށްދިނިން: ރައީސް ޔާމީން

މަސްވެރިންނަށް ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަށް ވެރިކަމުގައި ހައްލުކޮށްދެއްވާފައިވާނެކަމަށް ކުރީގެ ރައީސް އަދި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ކުޑަ ހުވަދޫގައި އޮތް ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާނެކަމަށެވެ. 

އޭރުވެސް މަސްވެރިކަން ތިޔާގިވާ މޫސުންތަކުގައި ބާނާ ހުރިމާ ކިރުމުގައި ދަތިތަކެއް ހުރިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދަތިތައް ހައްލުކޮށްދިނުމަށް ގިނަ ހައްލުތަކެއް އެމަނިކުފާނުގެ ވެރިކަމުގައި ހޯއްދަވާދެއްވާފައި ވާނެކަމަށެވެ. 

އޭގެ ތެރޭގައި މަސްވެރިން ބާނާ މަސްކޮޅު ކިރުމަށްފަހު، އެޔަށްވާ ފައިދާ ހޯދުމަށް ބިލު ކަރުދާސްކޮޅު ހިފައިގެން ދާން ޖެހޭ އުސޫލު ނިމުމަކަށް ގެނެސްދެއްވާފައިވާނެކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. 

"ކުޑަ ސިޓީ ހިފައިގެން ނޫނީ ބިލު ކަރުދާސްކޮޅު ހިފައިގެން ޖީބަށް ލައިގެން އެޔަށް ފައިސާ ލިބޭނީ ކޮން ދުވަހަކުތޯ އެ ދިގު އިންތިޒާރުގައި ތިބެން ޖެހޭ ތިބުން އަޅުގަނޑުމެން ނިމުމަކަށް ގެނައިން"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

ރައީސް ޔާމީން ވިދާޅުވީ މަސްވެރިންނަށް ކްރެޑިޓް ކާޑު ތައާރަފުކޮށްދިނުމުގެ އިތުރުން، އެ މީހުންގެ ރަށްރަށުގައި ހުންނަ ސަރުކާރު ކުންފުނިތަކުން ލޭންދޭނަށް ވިޔަފާރި ކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާދެއްވާފައިވާނެކަމަށެވެ. 

އޭގެ އިތުރުން މަސްވެރިންނަށް ތެލުގެ އަގު ހެޔޮކޮށްދީފައިވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއާއެކު، މަހުގެ އަގު 22 ރުފިޔާގައި ހިފަހައްޓާފައިވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

އެކަންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު އެމަނިކުފާނު ރަށްތަކަށް ވަޑައިގަތުމުން މަސްވެރިން ގިނަ ކަންބޮޑުވުންތަކެއް އަދި ގިނަ ހުށައެޅުއްވުންތަކެއް ހުށައަޅާކަމަށެވެ. 

މަސްވެރިންގެ ފަރާތުން ހުށައަޅުއްވާ ކަންކަމަކީ އުފަލާއެކު ބަލައިގަންނަ ހުށައެޅުންތަކެއްކަމަށް އެމަނިކުގާނު ވިދާޅުވިއެވެ. އެއާއެކު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި މިހާރު މަސްވެރިން އުފަލަމުންދާ ތަކުލީފުތައް ޔަގީނުންވެސް އުފުލަން ނުހެޖޭގޮތަށް ކަންކަން ބައްޓަންކުރައްވަމުން ގެންދަވާނެކަމަށެވެ. 

މަސްވެރިންނަކީ ޕީޕީއެމް މެނިފެސްޓޯގައި ޚާއްސަ އަހަންމިއްޔަތުކަމެއް ދީފައިވާ ބައެއްކަމަށާއި، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދިރާސާތައް ކުރުމަށްފަހު މެނިފެސްޓޯގައި އެކަންކަން ހިމަނުއްވާނެކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.