ރައީސް ޔާމީން އަބްދުލްގައްޔޫމް--ފޮޓޯ: ޕީޕީއެމް
ހަބަރު
30 Sep 2022 | 08:52
ރައީސް ޔާމީންގެ ނަސޭހަތެއް: "ގިނަ އެއްޗެހި ހޯދުމުގެ އުންމީދުގައި އަތުގައި އޮތް ނިއުމަތް ދޫކޮށްނުލައްވާ"

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން ރައްޔިތުންގެ ގާތުގައި ވާ ވައުދުތަކާއި މެދު ސަމާލުވުމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ގޮވާލައްވައިފިއެވެ. 

ކުޑަހުވަދޫގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ކުރިމަތީގައި ވާ ވައުދުތަކާއި ދޭތެރޭގައި ސަމާލުވެ، އެ ވައުދުތައް ތަހުލީލުކުރުމަށް ނަސޭހަތްތެރިވެލައްވާފައެވެ. 

އިނގިރޭސި މުހާވިރާ ބަހެއްގައި އޮންނަ ވާހަކައަކުން މިސާލު ނަންގަވަމުން ރައީސް ޔާމީން ވިދާޅުވީ، ލިބޭނެ ކަމުގެ އުންމީދުގައި، ނުވަތަ ޚިޔާލުގައި އަތުގައި އޮތް ނިއުމަތެއް ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ. 

"އިނގިރޭސި މުހާވިރާ ބަހެއް އޮވޭ. އަތުގައި ނުވަތަ ބެލުމުގެ ދަށުގައި އޮންނަ ދޫންޏެއްގެ އަގު ބޮޑޭ އަޅުގަނޑަށް ލިބިދާނެކަމަށް ނުވަތަ ދުރުގައި ހުރި ދެ ދޫނި ލިބޭނެކަމުގެ އުންމީދުކުރުމަށްވުރެ. (Bird in hand is worth two in the bush) ތަންކޮޅަށް ދުރުގައި އަޅުގަނޑަށް ލިބޭނެކަމަށް އޮތް ދެ ދޫނި މީނީ. އެކަމަކު އަތުގައި އޮތް ދޫންޏަށް ރައްކާތެރިވާށޭ"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން

ލިބޭނެކަމަށް އުންމީދުކުރާ ދެ ދޫނިކަމަށް ރައީސް ޔާމީންގެ ވާހަކައިގައި އިޝާރާތްކުރައްވާފައިވަނީ އެމްޑީޕީއިން ރައްޔިތުންނަށް ވާ ވައުދުތަކަށެވެ. 

"ބޭރުން ލިބިދާނެކަމަށް އިންތިޒާރުކުރާ ދެ ދޫނީގެ ހުވަފެން ނިދެކެންވީ އަޅުގަނޑުމެން. އެމްޑީޕީއަކީ މިކަހަލަ މިކަހަލަ ދަޅަ، މިކަހަލަ ޒީނަތްތެރިކަން މި ކަހަލަ ޖަރީ ވާހަކަދައްކާ ދަޅައަށް ހައްލާ ބައެއް. އެމީހުން ދައްކާފައި އޮތް ވާހަކަ ވުމަށްވުރެ ގާތީ ނުވުން. ނޯންނާނެ އެމީހުން ދެއްކި ވާހަކައެއް ފުއްދާފައެއް" 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން

 ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއިން ވީ ވައުދުތައް ނުފުއްދާކަން އެންމެންނަށް އެނގޭއިރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ބައެއް ސިޔާސީ ލީޑަރުން ވާހަކަދައްކަވަމުން ދާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ 99 އިންސައްތަ ވައުދު ފުއްދަވާފައިވާކަމަށް ބައެއް ސިޔާސީ ލީޑަރުން ވިދާޅުވަމުން ދާ ދިއުމާމެދު އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ވެރިކަމަށް ހަތަރު އަހަރު ފުރެންދާއިރު، ރައީސް ސޯލިހު ވީ ހުރިހާ ވައުދެއް ފުއްދާދެވިއްޖެކަމަށް ވާނަމަ، ރިޔާސީ ދައުރު ނިންމަވާލެއްވުން ރަނގަޅުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެމްޑީޕީގެ ވައުދުތަކަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވަމުން އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތައް ބަލައިގަނެ ފާޅުކުރަމުންދާ ޝުއޫރުތަކަށް ޝުކުރު އަދާކުރައްވާފައެވެ. 

ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަކަން ލިބިގެން ދިޔައިމާ، އެކަންކަމުގެ ހަނދާންކޮށް، ޝުކުރުވެރިވުމަކީ، ވަރަށް ރަނގަޅު ސިފައެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. 

ނިއުމަތްތަކަށް ޝުކުރު ކުރުމަކީ މުސްލިމުންގެ ކިބައިގައިވެސް ހުންނަން ޖެހޭ މަތް ސިފައެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ދައްކާ ދަޅަތަކަށް ހެއްލިގެން އަތުގައި އޮތް އެއްޗެސް ދޫކޮށްލައިފިކަމަށް ވާނަމަ އޭގެން ނިކުންނާނެ ނަތީޖާތައް ހިތިވާނެކަމަށެވެ. 

މި މޭރުމުން އެމަނިކުފާނު ވާހަކަފުޅުދައްކަވާފައިވާއިރު، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ފަސް އަހަރުގައި ރައްޔިތުންގެ ދިރިއުޅުމަށް އައި ބަދަލުތަކާއި މިހާރުގެ ހާލަތާއި ތަފާސް ހިސާބުތަކުގެ އަލީގައި އަޅާކިޔާލުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި އެފަދައިން އަޅާ ކިޔައި އަމިއްލައަށް ވިސްނުން ގެންގުޅުއްވާނަމަ ރައްޔިތުންނަށް ސިޔާސީ ނިންމުންތައް ނިންމުމަށް ފަސޭހަވެގެން ދާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.