ފޮޓޯ: މިހާރު
ހަބަރު
30 Sep 2022 | 13:37
އަޖަލު ކަނޑައަޅުއްވާފައިވާ ގޮތަށް އެއްވެސް ލަސްވުމެއް، އަވަސް ވުމެއް ނެތް: ޚުތުބާ

އައްލައުޙުލް މަޙްފޫޘުގައި ލިޔުއްވާފައިވާ ގޮތަށް ލަސްވުމެއް، އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލު ކުރާނެކަމަށް މިއަދު ހުކުރުޚުތުބާގައި ބުނެފިއެވެ.

"މަރަށް ތައްޔާރުވުން" މައުޟޫއަށް މިއަދު އިއްވު ޚުތުބާގައި ބުނީ، ﷲ ސުބުހާނަހޫ ވަތަޢާލާ ޚަލްޤުކުރައްވައި، ފުރާނަ އަޅުއްވާފައިވާ ކޮންމެ މަޚުލޫޤަކީ، މަރުގެ ރަހަ ދެކި، ފަނާވެދަނަވި އެއްޗެއް ކަމަށެވެ. އަދި ﷲގެ ޛާތުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާނެ ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، މާތްﷲ ވަނީ އެކަލާނގެ އަޅުތަކުންގެ އަޖަލު ކަނޑައަޅުއްވައި، އައްލައުޙުލް މަޙްފޫޘުގައި ލިޔުއްވާފައި ކަމަށާ، އެ ލިޔުއްވާފައިވާ ގޮތާ ކުޑަކޮށް ވެސް ތަފާތެއްނެތި، އަދި ލަސްވުމެއް، އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލު ކުރާނެކަމަށެވެ. 

"އިންސާނުންގެ ތެރެއިން ޤަތުލުވާ މީހުންނާއި، ޣަރަޤުވާ މީހުންނާއި، އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަލިފާނުގެ ޙާދިޘާތަކާއި، އެހެނިހެން ސަބަބުތަކާ ހެދި މި ދުނިޔެއިން ވަކިވެގެންދާ މީހުން ވެސް، ވަކިވެގެން އެދަނީ އޭނާގެ އަޖަލުފުރިހަމަ ކޮށްފައެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ، އިންސާނާގެ ގާތަށް މަރު އަންނާނީ ކޮން ވަގުތަކުކަމެއް އެނާއަކަށް ނޭނގޭނެ ކަމަށާ، އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ ކަމަށެވެ. އެހެނީ ޣައިބުގައިވާ ކަންކަމުގެ ތަޅުދަނޑި މިލްކްވެވޮޑިގެންވަނީ، ހަމައެކަނި އެކަލާނގެއަށް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

މަރަށް ޙާޟިރުވެފައިވާ ކޮންމެ އިންސާނަކަށް ވެސް މަރުގެ ވޭނާ ކުރިމަތިލާންޖެހޭނެ ކަމަށާ، އަހަރެމެންގެ ނަބިއްޔާ މުހައްމަދު ޞޢވ ވެސް އެ ވޭނާ ކުރިމަތި ލެއްވި ކަމަށް ހުތުބާގައި ބުންޏެވެ.

"މާތްﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ. : “އަދި މަރުގެ ވޭން ޙައްޤު ގޮތުގައި އަންނަ ހުއްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.”  ޚުތުބާގައި ބުނެފައިވެއެވެ. 

އެހެންކަމުން އަހަރެމެންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވައިގައި ޖެހި، އާހިރަތް ހަނދުމަނެތި ކުރާ ބަޔަކަށް ނުވުމަށާއި، ލޯތަކަށް ފެންނަން އޮތް އެންމެ ބޮޑު ހަގީގަތް ކަމުގައިވާ މަރާމެދު ގާފިލުވާ ބަޔަކަށް ނުވުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ