ރައީސް ޔާމީން ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި/ ފޮޓޯ: ޕީޕީއެމް
ހަބަރު
30 Sep 2022 | 16:30
2023 ގެ ރިޔާސީ އިންތިޚާބަކީ ގައުމިއްޔަތު އޮތުމާއި ނެތުމާއި ދޭތެރޭގައި ނެގޭ ވޯޓަކަށް ހައްދަވާ: ރައީސް ޔާމިން

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ގައުމިއްޔަތު އޮންނާނެ ތޯ ނުވަތަ ނޫން ތޯ ކަނޑައަޅާ އިންތިޚާބަކަށް ހައދަވާދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ކުޑަ ހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

ކުޑަހުވަދޫއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމަށްފަހު އަތޮޅުތެރެއަށް ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅެވެ. 

މިދަތުރުފުޅުގައި ކުޑަ ހުވަދޫއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އެރަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. 

އެމަނިކުފާނު އެރަށަށް ވަޑައިގަތުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ފަހަރެއްގައިވެސް ސިޔާސީ ޕާޓީގެ ވާދަވެރިކަން ފެނިގެންދާނެ އިންތިޚާބެއް ނޫންކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީއާއި ލީދަރުންނަށް އޮތް ތާއީދު ދައްކުވައިދޭނެ އިންތިޚާބެއްވެސް ނޫންކަމަށެވެ. 

އެ އިންތިޚާބަކީ ރާއްޖޭގެ މިސްތަގުބަލުގައި މި ގައުމުގައި ގައުމިއްޔަތު އޮންނާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންދާނެ އިންތިޚާބެއްގެ ގޮތުގައި ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ސިފަކުރައްވާފައެވެ. 

"މިއަންނަ އަހަރުގެ އިންތިޚާބަކީ އެއީ ޕީޕީއެމްގެ އިންތިޚާބެއް ނޫން. މިއަންނަ އަަހަރުގެ އިންތިޚާބު ތިޔަ ބޭފުޅުން ހައްދަވައިދެއްވަންވީ ގައުމިއްޔަތު އޮންނާނެތޯ ނޯންނާނެތޯ؟ ދިވެހިރާއްޖޭގެ އިސްލާމްދީނަށް އޮންނަ ޝައުގުވެރިކަމާއި މި ހިދާޔަތުގައި އަޅުގަނޑުމެން ތިބޭނެ ތޯ ނޫންތޯ؟ ދިވެހިވަންތަ ސިފަތަކާއި ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ސަގާފަތާއި، އަޅުގަނޑުމެންގެ އާދަކާދައަށް އަޅުގަނޑުމެން ލޯބިކުރާނެ ތޯ ނުވަތަ ނޫންތޯ، ދިވެހި ބަހުގެ ތެރޭގައި މިހިރަ ގައުމިއްޔަތުގެ ވާހަކަ އެންމެ ބޮޑަށް ދެކެވޭކަމުގައި ވަންޏާ، މިއީ ގައުމިއްޔަތެއް އޮތުމާއި ގައުމިއްޔަތެއް ނެތުމާއި ދޭތެރޭ ނެގޭ ވޯޓަކަށް ހައްދަވާ"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން

އެއާއެކު ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓަކީ ރައީސް ޔާމީންއާއި ވާދަވެރި ކެންޑިޑޭޓަކާއި ދެމެދު ނެގޭ ވޯޓަކަށް ވުރެ ބޮޑަށް، ރާއްޖޭގައި ރައްޔިތުން ހިފަހައްޓަން ބޭނުންވާ ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމާއި، ނައްތާލުމާއި ދެމެދުގައި ނެގޭ ވޯޓެއްކަމަށް ހައްދަވާދެއްވުމަށް އެދިލައްވާފައެވެ. 

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރައްވާފައިވަނީ މި ވެރިކަމުގެ ފަސް އަހަރުގައި ދިވެހިރާއްޖޭގެ ގައުމިއްޔަތަށް ވަރަށް އިހާނެތިކޮށް ކަންކަން ކޮށްފައިވާކަން އިޝާރާތްކުރައްވާ އެކަންކަން އިތުރަށް ހިންގުމަށް ފުރުސަތު ނުދިނުމަށް ރިޔާސީ އިންތިޚާބުގެ ބޭނުން ހިތްޕެވުމަށް އެދިވަޑައިގަންނަވަމުންނެވެ. 

2023 ގެ އިންތިޚާބަށް ފައި ނަގާއިރު، ކޮންމެ ރަށަކުންވެސް މި ކަންކަމާއި ދޭތެރޭ ވިސްނަވާ، އެއްބަޔަކު އަނެއްބަޔަކަށް މިކަންކަމަށް ނަސޭހަތްތެރިވުމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އިލްތިމާސްކުރައްވާފައެވެ. 

ކޮމެންޓް
ހަނދު
ވޯޓަކުން ގެއްލޭނެ ގައުމިއްޔަތެއް ނޯންނާނެ، ގައުމިއްޔަތާ ވޯޓާ ގުޅުވުން ފަދަ ކޮސް ވާހަކަފުޅު ނުދައްކަވާ....
30 Sep 2022
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.