ބޯހިމެނުމުގެ މަސައްކަތް ކުރާ ޓީމްގެ ބައެއް މެންބަރުން-- ފޮޓޯ: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ހަބަރު
02 Oct 2022 | 12:13
ބޯހިމެނުމަަށް މާލެ ސަރަހައްދުން މަޢުލޫމާތު ނުލިބޭ 900 އަށްވުރެ ގިނަ ތަން

ބޯހިމެނުމުގެ ފީލްޑް މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު ނިންމާލާފައިވާއިރު ބޯހިމެނުމަށް މާލެ ސަރަހައްދުގައި މައުލޫމާތު ނުލިބޭ 900 އަށް ވުރެ ގިނަ ތަންތައް އަދިވެސް އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

އެ ބިއުރޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޯހިމެނުމުގެ ފީލްޑް މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު ނިންމާލާފައިވާކަމަށެވެ.  އެހެންނަމަވެސް، މާލެ ސަރަހައްދުން މައުލޫމާތު ނުލިބޭ 900 އަށް ވުރެ ގިނަ ތަންތަން އަދިވެސް އެބަހުރި ކަމަށާ، ވުމާއެކު އެފަދަ ތަންތަނުން މީހުންނާ ގުޅޭނެ ގޮތް ފަހިވޭތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ވެއެވެ.

އަދި އެ މައުލޫމާތު ނުލިބި ހުރި ތަންތަނުގެ ތެރޭގައި، ތަޅުލާފައި ހުރުމުންނާއި ގުޅޭނެ ގޮތެއް ނުވުމާއި މައުލޫމާތު ދޭނެ މީހަކާ ދިމާނުވުމާއި ރަށުން ބޭރުގައި އުޅުމާއި އެޕޮއިޓްމަންޓް ދިން ނަމަވެސް އެ ގަޑި އަށް ޓީމުތަކަށް ނުދެވި ހުރި ތަންތަން ވެސް ހިމެނޭ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފާހަގަކޮށްފައި ވެއެވެ. އަދި އޭގެ އިތުރުން، އެތަން ތަނުގެ ތެރޭގައި ބޭނުންނުކުރާ ތަންތަނާއި މީހުން ދިރިނޫޅެ ތަންތަން ހުރުން އެކަށީގެންވާ ކަމަށް ވެސް އެ ބިއުރޯއިން ބުނެއެވެ.

"އެހެންކަމުން މިހާތަނަށް ބޯހިމެނިފައި ނުވާ ތަންތަނާއި، ލޭބަރ ކުއާޓާ އަދި ރެޖިސްޓްރީ ކޮށްގެން ހިންގާ އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުން، އަދި ބޭނުން ނުކުރާ ތަންތަނުން ވެސް ވީވަރަކުން ފާހަގަކޮށްދެއްވައި މި ބިއުރޯއަށް އަންގަވާލަ ދެއްވަމުން ގެންދިޔުމަށް އާއްމުންގެ ކިބައިން މި ބިއުރޯއިން އެދެމެވެ." ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ބަޔާނުގައިވެއެވެ. 

އެގޮތުން ބޯހިމެނުމަށް މައުލޫމާތު ނުދެވި ތިބި މީހުން އެ ބިއުރޯގެ ހޮޓްލައިން ނަންބަރު 1423 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް އެދުނެވެ. ނުވަތަ އެ އޮފީހުގެ ވެބްސައިޓުގައިވާ އެ ކަމަށް ހާއްސަ ފޯމު މެދުވެރިކޮށް ވެސް އެންގޭނެ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުންޏެވެ.

މީގެ އިތުރުން، ބޯހިމެނުމުގެ މައުލޫމާތު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރަން ޖެހޭތީ ވަގުތީ ނަތީޖާ އިއުލާންކުރާ ދުވަހަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އެގޮތުން ވަގުތީ ނަތީޖާ އިއުލާންކުރާ ގޮތަށް ކުރިން އަންނަ ބުރާސްފަތި ދުވަހު އޮތް ނަމަވެސް، ތާރީހެއް ނެތް ގޮތަށް މިހާރު ވަނީ އެކަން ފަސްކޮށްފަ އެވެ.
ވަގުތީ ނަތީޖާ އިއުލާންކުރާ ތާރީހަށް ބަދަލު ގެނަޔަސް، ކުރިން އޮތް ގޮތަށް މި މަހުގެ 20 ގައި ދާއިމީ ނަތީޖާ އިއުލާންކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ