ސައީދު ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
02 Oct 2022 | 12:11
ސައީދުގެ ސުވާލެއް: ތައުލީމީ ޒުވާން ޖީލަށް ހޯދާދޭންވީ ރިއެކްޓު ނުކުރާ ރައީސް އެއް ތޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގައުމުގެ ޒުވާން އާބާދީއަށް ހޯދައިދޭންވީ "ރިއެކްޓު" ނުކުރައްވާ ރައީސްއެއްތޯ އައްސަވާ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ސުވާލުކުރައްވައިފިއެވެ. 

ސައީދު މިފަދައިން ސުވާލުކުރައްވާފައިވަނީ ވެރިކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީޕީއެމް ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅެއްގައެވެ. 

ސައީދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މިއަދު ހިއްސާކުރަނީ ޒުވާނުންކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި 47000 ޒުވާނުން އަލަށް ވޯޓުލާން ނުކުންނާނެކަމަށެވެ. 

ކަން އެހެން އޮތް އިރު މިހާ ބޮޑު ޒުވާން އާބާދީއަކަށް ކަންކަމުގައި ރިއެކްޓު ނުކުރައްވާ، އަދި ވެރިކަން ކުރައްވަންވީ ގޮތް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ މީހަރު ރައީސް ކަމަށް ހޮވުމަކީ ޒުވާނުންނަށް އެންމެ ރަނގަޅު ގޮތަށް ވާނެތޯ ސައީދު ވަނީ އައްސަވާފައެވެ. 

"ބައްލަވާ މިހާ ތައުލީމީ ޖީލުތަކެއް، މިހާ ބޮޑު ޒުވާނުންގެ ބޮޑު ބައެއް ދިވެހިރާއްޖެއަށް އިތުރުވެގެން މި އަންނަނީ، މިވެސް ގައުމެކޭ ކިތަންމެ ކުޑަ ނަމަވެސް. މި މީހުން މި ގައުމަށް އައިސް ދެކެންވީތޯ ހަމަ ރިއެކްޓު ނުކުރާ ފައިސާ ޗާޕުކޮށްކޮށް ބޭނުން ޚަރަދެއްކޮށްފަ އެއްވެސް ކަހަލަ އިންތިޒާމެއް ގޮތެއް ފޮތެއް ނެތް އުސޫލެއް ރައީސް އޮފީސްތެރޭ ގާއިމު ނުކުރާ ވެރިއަކު އައިސް ވެރިކަން ކޮށްލަން ޖާގަ ދޭން ވީ ތޯ"

ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު

ޒުވާން ޖީލަށް ވެރިއަކު އައްޔަންކުރާއިރު، ހޮއްވަވާނީ ގައުމު ހިންގަން ނޭނގޭ ވެރިއެއްތޯ ނުވަތަ ތަސައްވަރެއް އޮވެރެން ޒުވާނުންނަށް ކަންތައްތަކެއް ކޮށްދެއްވާނެ ދުރުވިސްނިވަޑައިގަންނަވާނެ ލީޑަރެއްތޯ ނިންމަވާނީ ޒުވާނުންނާއި އެ ޒުވާނުންގެ ބެލެނިވެރިންކަމަށެވެ. އެހެން ނޫންކަމަށްވާނަމަ ޒުވާނުންގެ އުމުރުން އަދި ގައުމުގެ އުމުރުންވެސް އިތުރު ފަސް އަހަރު ގެއްލިގެން ދާނެކަމަށް ސައީދު ވިދާޅުވިއެވެ. 

"ލިބޭނެ އާމްދަނީއެއް، ލިބޭނެ ފުރުސަތުތަކާއި ގައުމަކަށް ހޯދޭނެ ފުރުސަތުތަކާއި، އަޅުގަނޑުމެންގެ ކުރިމަގު މާކުރިއަށް ބަލައިގެން ޗާޓު ކުރަހާ ޑިޒައިންކޮށް ގޮތް ރާވާ، ދިވެހިންގެ މުސްތަގުބަލުގެ ފޮޓޯ މާ ކުރިއަށް ވިސްނައިގެން ހޯދާނެ ވަރުގަދަ ސިކުނޑިއެއް ނޫންތޯ އަޅުގަނޑުމެން ގައުމަށް، މި 47000 ޒުވާނުންނަށްޓަކައި މަޔަކު ބަފަޔަކު ވިސްނުމުން ނެރެދެން ޖެހޭނީ"

ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު

ސައީދު ވިދާޅުވީ ރައްޔިތުންގެ އަތަށް އަރާ ވޯޓު ކަރުދާސްކޮޅަކީ ވަރަށް ބޮޑު އަމާތާނެއްކަމަށެވެ. އެއީ ރައްޔިތުންނާއި ގައުމުގެ މުސްތަގުބަލާއި ގުޅިފައިވާ އަމާނާތެއްކަމަށްވާއިރު، ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް އެ ނިންމުން ނިންމުމަށް ސައީދު ވަނީ އިލްތިމާސްކުރައްވާފައެވެ. 

އެގޮތުން ޒުވާނުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ ޒުވާނުންގެ ވިންދާއި އެއްގޮތަށް ވެރިކަން ކުރެއްވޭނެ ލީޑަރެއްކަމަށް ސައީދުއަށް ފެނިވަޑައިގަންނަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން އަބްދުލްގައްޔޫމުކަމަށް ސައީދު ވިދާޅުވިއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ނެރޭ މެނިފެސްޓޯއަކީ ޒުވާނުންނަށް ޚާއްސަ އަހަންމިއްޔަތެއް ދީގެން ނެރޭ، ޒުވާނުން އިސްކޮށްފައިވާ މެނިފެސްޓޯއެއްކަމަށް ރައީސް ޔާމީންވެސް ވަނީ އިއުލާނު ކުރައްވާފައެވެ. 

ކޮމެންޓް
ޟޮއްޔެ
ޔީ ކާކު ޒުވާނުންނަށް ތިސުވާލު ކުރަން... ޒުވާނުންނަށް ރަގަޅީ އަޑު އެހުމުގެ ގާބިލް ކަމެއް ނެތް ކިބުރު ވެރި ސައީދުމެން ކުރިވައްކަން އޯކޭ ރައީސެއް ތޯ...
02 Oct 2022
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.