ރާއްޖޭގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް އިލްމުވެރިން ގޮވާލައްވައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ރާއްޖޭގައި ބޮޑެތި ކުއްތައް ކުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ދީނީ އިލްމުވެރިން ގޮވައިލައްވައިފި އެވެ.

އިލްމުވެރިން އެފަދައިން ގޮވައިލެއްވީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ އަންހެން ކުއްޖެއްގެ ބައްޕައާއި ކާފަ އާއި މުނި ކާފަވެސް އެކުއްޖާ ރޭޕް ކުރުމާއި ގުޅިގެންނެވެ.

އެމައްސަލައިގައި އެ ތިން މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި އައްޝައިޚު އިލްޔާސް ހުސައިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެންމެ ބޮޑަށް ރައްކާތެރިކަން ލިބެންޖެހޭ ބަޔަކީ ކުޑަކުދިން ކަމަށެވެ. އެ ކުދިންނަށް ޖިންސީ ގޯނާކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ކަން ފާހަގަކުރައްވައި އިލްޔާސް ވަނީ އެފަދަ މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވައިލައްވައިފައެވެ.

އޭގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށެވެ.

ހާއްސަކޮށް އެ އަމަލު ހިންގަނީ އާއިލާގެ ތެރެއިން ބަޔަކުނަމަ، އެމީހުންގެ އަދަބު އިތުރަށް ބޮޑުކުރަން ޖެހޭ ކަމަށް ޝަހީމު ވިދާޅުވިއެވެ.

ޝަހީމުގެ އިތުރުން ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުޖުތަމައުގައި ނުރަނގަޅު ކަންތައްތައް ހުއްޓުވަން އޮތް ހަމައެކަނި ހައްލަކީ އިސްލާމީ ޝަރީޢަތް ފުރިހަމަޔަށް ތަންފީޒު ކުރުން ކަމަށެވެ.

މިވެސް ކިޔާލާ:

އައްޝައިޚު މުހައްމަދު އަނިލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދެ އަހަރުގެ އަންހެން ދަރިޔަށް އެފަދަ ކަމެއް ކުރި މީހަކަށް މަރުގެ އަދަބު ނޫން އަދަބެއް ދިނުމަކީ އެކުއްޖާއަށް ވެވޭ ބޭއިންސާފެއްކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

"ކުޑަކުދިންނަށް ޖީންސީ ގޮވާ ނުކުރާ މީހުންނަށް މަރުގެ އަދަބު ދެއްވާ." އަނިލްގެ ޓުވީޓުގައި ވިދާޅުވިއެވެ.

މީގެއިތުރުން ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވީ އިސްލާމްދީނަކީ އިންސާނުން ދިރިއުޅުމަށް މާތްﷲ ކަނޑައަޅުއްވާފައިވާ އެންމެ ފުރިހަމަ ނިޒާމް ކަމަށެވެ.

ޖިންސީ ގޯނާ ކުރުމާއި، މީހުން މެރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، މުރުތައްދުވުން ފަދަ ކަންކަމުގައި ހައްލަކީ ހެޔޮ ނަސޭހަތް ދިނުމާއެކު ކުށަށް އަރައިގަންނަ މީިހުންނަށް ދީނުގައިވާ އަދަބު ދިނުން ކަަމަށް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި