މީގެ ކުރިން އިދިކޮޅުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: ވޮއިސް
ހަބަރު
02 Oct 2022 | 17:37
ޕީޕީއެމްގެ ތަފާތު ހަރަކާތެއް މިރޭ ބާއްވަނީ!

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ތަފާތު ހަރަކާތެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. 

ޕީޕީއެމް އިން މިއަދު ބުނީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ތަފާތު ހަރަކާތެއް މިރޭ އެ ޕާޓީގެ އޮފީސް ކުރިމަތީގައި އޮންނާނެ ކަމަށެވެ. އަދި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައި ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މި ހަރަކާތާއިގުޅޭ އިތުރު ތަފްސީލެއް އެ ޕާޓީން ދީފައެއް ނުވެއެވެ. 

ދައުރު ނިމެން ކައިރިވެފައިވާއިރު، މަސްވެރިންނަށް އަދުގެ ސަރުކާރުން ވެފައިވާ ވައުދުތަށް ފުއްދިފައި ނުވާކަމަށް ބުނެ އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން، މަސްވެރިކަން ތިޔާގިވެފައިވާއިރު، މަސް ނުކިރޭކަމަށާއި، މަސް ރައްކާކުރުމަށް ބޭނުންވާ އައިސް އެކަށީގެންވާ މިންވަރަކަށް ނުލިބޭކަމަށް ބުނެ މަސްވެރިން ޝަކުވާ ކުރަމުންދާ ކަމަށާ، ސަރުކާރުން ވެފައިވާ ގޭދޮށު މަސްފެކްޓަރީގެ ވައުދާއި، ހަމަ އަގު ކަނޑައެޅުމުގެ ވައުދު އަދިވެސް ނުފުއްދޭ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި މަސްވެރިންގެ ހައްގުތައް ހޯދުމަށް އަޑުއުފުލުމަށް މަގުމައްޗަށް ނުކުންނަށްވެސް އިދިކޮޅުން މީގެ ކުރިން ވަނީ ގޮވާލާފައެވެ. 

މަސްވެރިކަން ތިޔާގިވެފައިވާ މޫސުމުގައި މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ މަސްވެރިކަން ރަނގަޅުވާ މޫސުމާއި ދިމާކޮށް ސަރުކާރުން ގަންނަން މަސައްކަތްކުރި ބޯޓުތައް ގަނެވިފައި ނުވާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
އަހުމަދު
ކޮބާ ބެޔަސް ނުބެޔަސް ދޭންބުނި ލާރި؟ ނުދޭ! ދެން ކޮން މުޒާހިރާއެއް ކުރާކަށް.
03 Oct 2022
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.