ވިޒް އެއާ ގެ ބޯޓެއް
ވިޔަފާރި
03 Oct 2022 | 13:48
ޔޫއޭއީގެ ވިޒް އެއާގެ ދަތުރުތައް ރާއްޖެ އަށް؛ ޓިކެޓުގެ އަގުތައް 200 ޑޮލަރުން ދަށުގައި!

ޔޫއޭއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ "ވިޒް އެއާ" އިން މާދަމާ ރާއްޖެއަށް ދަތުރު ފަށަން ހަމަޖެހިއްޖެއެވެ. 

މާދަމާ ހަވީރުގެ ވަގުތެއްގައި ވިޒް އެއާ ގެ ދަތުރުތައް ފަށަން ހަމަޖެހިފައިވާ އިރު މި ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. މި ރަސްމިއްޔާތުގައި އެ އެއާލައިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ދިނުން އޮންނާނެއެވެ. އަދި އޭގެ އިތުރުން ސަގާފީ ހަރަކާތްތަކެއް ހުށަހެޅުން ވެސް ކުރިޔަށް ގެންދާނެ އެވެ.

ވިޒްއެއާއިން އަލަށް ރާއްޖެއަށް ދަތުރތައް ފަށާއިރު, އެ އެއާލައިން އިން ހަފުތާއަކު ތިން ފްލައިޓް ރާއްޖެއަށް އަންނާނެއެވެ. މި ފްލައިޓްތައް އޮންނާނީ އާދީއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. އަދި މި ބަޖެޓް އެއާލައިން އިން ކުރާ ދަތުރު ތަކުގެ ޓިކެޓުގެ އަގުތައް ހުރީ ގާތްގަނޑަކަށް 200 ޑޮލަރުން ފެށިގެން ދަށުގަ އެވެ. 

އެގޮތުން، އެ އެއާލައިން އިން އިއުލާނުކުރި ގޮތުގައި ޔުއޭއީގެ ވެރިރަށް އަބޫދާބީން ރާއްޖެ އަށް ދަތުރުކުރަން ހަމަޖެހިފައި ވަނީ ކޮޅަކަށް 319 ދިރުހަމް އަށެވެ. ދިވެހި ރުފިޔާ އިން އެއީ 1،333 ރުފިޔާއެވެ.

ވިޒް އެއާލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. އަދި އޭރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް 200 މިލިއަން ފަސިންޖަރުން އެ އެއާލައިން އިން ދަތުރުކޮށްފައިވާކަން އެ އެއާލައިން އިން ވަނީ ފާހަގަކޮށްފައެވެ. ވިޒް އެއާއިން މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް ރާއްޖޭގެ އިތުރުން ކުވައިތަށްވެސް ދަތުރުތައް ފެށުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖެ އަދި ކުވައިތަށް ވިޒް އެއާލައިންގެ ދަތުރުތައް ފެށުމުން އެ އެއާލައިނުން ދަތުރުކުރަމުން އަންނަ މަންޒިލްތަކުގެ އަދަދު 34 އަށް އިތުރުވެގެންދާނެ އެވެ.

ކޮމެންޓް
ޖައި
ޓިކެޓް ނެގޭނެ ގޮތެއްވެސް ލިޔެލިނަމަ
04 Oct 2022
އައްޑޫ މީހާ
އައްޑޫ ޓިކެޓު ވެސް ލިބެނީ ތިހާކަންހާވަރަށް
05 Oct 2022
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.