އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ހަބަރު
04 Oct 2022 | 11:55
މިސަރުކާރުން މަރުގެ މައްސަލަތަކުގައި ދައްކަނީ ސިޔާސީ ވާހަކަތަކެއް: ސަލީމް

 މިސަރުކާރުން މަރުގެ މައްސަލަތަކުގައި ދައްކަނީ ސިޔާސީ ވާހަކަތަކެއްކަމަށާއި، ސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު ފެނިގެން ގޮސްފައިވަނީ ސިޔާސީ މަގުސަދެއްގައި ހުސްވާހަކަތަކެއް ދެއްކި މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހ.ބޮނޑިކަނދޮޅުގޭ މުޙައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު މިމަހުގެ 2 ވަނަ ދުވަހު ހުޅުމާލެއިން ފެނިފައިވާއިރު، މިކަމުގައި ފުލުހުންނަށާއި ކަމާއި ގުޅުންހުރި އިދާރާތަކަށް އެކަށީގެންވާ މަސައްކަތް ކުރެވިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށް އާދަމް ޝަރީފް ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ. 

ސަލީމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދުގެ ސަރުކާރަށް ހަތަރު އަހަރުގައިވެސް ދައްކަމުންދަނީ މުޅިންވެސް ސިޔާސީ ވާހަކަތަކެއް ކަމަށާއި، އަމިއްލަ އެޖެންޑާ ހާސިލްކުރުން ފިޔަވައި ވީ އެއްކަމެއްވެސް ނެތް ކަމަށެވެ. 

އާދަމް ޝަރީފް ހުށަހެޅެއްވި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، މިސަރުކާރުން ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ބޭނުން ކުރީ ރިޞުވާނުގެ މަރުގެ މައްސަލަކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގައި އެއްވެސް ހެޔޮ ނިޔަތެއް ނެތް ކަމަށް ވިދާޅުވެ ސަލީމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިސަރުކާރުން މިހާތަނަށް ރިޞުވާނުގެ އެހެން މީހުންގެ މައްސަލައެއްވެސް ބަލަން އެއްވެސް ހިޔޮ ނިޔަތެއްނެތް. މިކަންކަމަށް ފަންޑު ކުރި މީހުންވެސް ތިބޭނެ. މިިމީހުން ހޯދޭނެ. މަނިކުފާނު މަރާލަން އުޅުނު މީހުންނާއި ފަންޑުކުރި މީހުން ނުހޯދެނީ ކީއްވެތޯ." ސަލީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.