އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމިީ (އިންތި)
ހަބަރު
04 Oct 2022 | 15:43
އަޒުހާން ހޯދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމަށްބުނެ އެމްޑީީޕީ މެންބަރުންގެ ކަންބޮޑުވުން!

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒުހާން ހޯދުމުގައި ފުލުހުން އެދެވޭ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށްބުނެ އެމްޑީޕީ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ފަހަކަށް އައިސް ގޮތްނޭނގޭ މަރުތައް ގިނަވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުވަނީ މިއަދުގެ މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހަޅުއްވާފައެވެ. 

މެންބަރު ޝަރީފު ހުށަހެޅުއްވި އެ މައްސަލަ ބަލައިގަންނަން މަޖިލީހުގައި ތިއްބެވި 25 މެމްބަރުން ވޯޓު ދެއްވާފައިވާއިރު 11 މެމްބަރަކު ވަނީ އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ވޯޓުދެއްވާފައެވެ. އަދި އެގޮތުން ވޯޓު ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރަށް ތާއީދު ކުރައްވާ އެމްޑީީޕީ މެންބަރުން ކަން ފާހަގަކޮށްލަންޖެހެއެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ގޮތް ނޭނގޭ މަރަކާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅީމާ އެ މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރޝިޕުން ވިޕްލައިން ނެރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެކަމަށްޓަކައި ލަދުގަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ކަންބޮޑުވޭ، އަދި ލަދުގަނޭ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުށައެޅުއްވި މި މަޖިލީހަށް ހުށައެޅުމަށް ފޮނުވީމާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރޝިޕުން އެ މައްސަލަ ބަލައި ނުގަންނަން ވިޕްލައިނެއް ނެރެ އަޅުގަނޑުމެންނަށް އެގޮތަށް ވޯޓުދޭން އަންގާފައި އޮތީމާ އިއްޒަތްތެރި ރައީސް އަޅުގަނޑު ލަދުގަނޭ"

މެމްބަރު ހަސަން ލަތީފު

ހަސަން ލަތީފުގެ ވާހަކައިގައި ވަނީ ހުޅުމާލެއިން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެކަން ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން އެ މައްސަލައާއި ގުޅިގެން މަޖިލީހަށް ކުރެވެން ހުރި މަސައްކަތަކީ ކޮބައިތޯ ބެލުން މުހިންމުކަމަށާއި، އިހުމާލު ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

މެންބަރު ހަސަން ލަތީފް-- ފޮޓޯ: މަޖިލިސް

"އޭނާ ގެއްލިގެން 14 ދުވަސް ވީއިރު ފުލުހުން އޭނާ ހޯދަމުންދާ ކަމަށް ބުނި ކަމުގައިވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރެވިފައި އޮތްކަމަކަށް ހަމަގައިމުވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދުގެ ގޮތުންނާ އެކީގައި. އެކަން ފުލުހުން ރަނގަޅަށް ކުރިނަމަ އެއަށްވުރެ މާކުރިން އޮންނާނީ ފެނިފަ،"

މެންބަރު ހަސަން ލަތީފް

މީގެ އިތުރުން، އަޒުހާން ގެއްލުނު މައްސަލާގައި ފުލުހުން އެދޭވޭ މަސައްކަތް ތަކެއް ކޮށްފައި ނުވާކަމަށާ، އަދި ތަހުގީގުގެ ފުރިހަމަ ހިސާބަށް ނުދަނީސް ފުލުހުން ބަޔާންނެރެ, އެ ބަޔާނުގައި އަޒުހާން މަރާލާފައިވާ ކަމުގެ ހެއްކެއް ފެނިފައިނުވާކަމަށް ވިދާޅުވެފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމިީ (އިންތި) ވިދާޅުވީ، އެކަން އެހާ އަވަހަށް ނިންމާލައިގެން ނުވާނެ ކަމަށެވެ.

"އެބާވަތުގެ އިބާރާތެއް އައިސްގެނެއް ނުވާނެ މިހާރު މަރާލައިވާ ކަމަށް ނުވަތަ ގެއްލިފައިވާ މީހަކުގެ މައްސަލަ މިހިސާބަށް ގޮސްފައިވާއިރުގައި، ދެން އޭގެ ހަގީގަތަކާ ހަމައަށް ނުދެވެނީސް މިހާ އަވަހަކަށް ސްޓޯރީ ނިންމާލައިފަ ވާތީ އަޅުގަނޑުގެ ކަންބޮޑުވުމަކީ،" 

މެންބަރު އިމްތިޔާޒް ފަހުމީ 

މެންބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: މަޖިލިސް

ޝަރީފުގެ މައްސަލައަށް ބަހުސް ކުރައްވަމުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ރާއްޖެ ފަދަ ކުޑަކުޑަ އާބާދީއެއްގައި ގޮތްނޭނގޭ މަރުތައް ހިނގުމަކީ އާދައިގެ ކަންކަން ކަމުގައި ދެކެވޭ ދެކެވުން އެއީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކޮށްފައެވެ. 

"ތަކުރާރުކޮށް މީގެ އެތައް ކަމެއް ރާއްޖޭގައި ހިނގައި އެއިން އެއްވެސް ކަމެއް ނުބެލި އަދި ތަކުރާރުވަމުން މިބާވަތުގެ ކަންކަން ހިނގަމުންދާއިރުގައިވެސް އިންތިހާއަށް ފަރުވާ ކުޑަކޮށް، ސުވާލު އުފެދޭ އެތައް ކަމެއް އެންމެ އާދައިގެ ތިލަކޮށް ވިސްނާ މީހާއަށްވެސް ސުވާލު އުފެދޭ އެތައް ކަމެއް އުފެދޭ ގޮތަށް މިވާބަތުގެ ކަންކަން ކުރީމާ އެވާހަކަ ދައްކާނެ،"

މެންބަރު މުހައްމަދު ވަހީދު 

އަދި އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވުމުން އެކަން މާ ބޮޑު ކަމަކަށް ނުހަދައި މައްސަލަ ބޭރުކޮށްލުމަށް އެމްޑީީޕީ ބައެއް މެންބަރުން ވޯޓު ދެއްވާފައިވައިރު، އެފަދަ މަރު ތަކުގެ މައްސަލަ އަކީ ރައްޔިތުންނަށް ކުޑަ ކަމެއް ނޫން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. އަދި އަޒުހާން ގެއްލުނުތާ 14 ދުވަސްވެ، ހަށިގަނޑު ކުނިވެގެން އެހާވަރު ވީއިރު އެތަން ބަލައި ނުލެވުމަކީ އިންތިހާއަށް އިހުމާލު އޮތް މައްސަލަ އެއް ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. 

މެންބަރު މުހައްމަދު ވަހީދު-- ފޮޓޯ: މަޖިލިސް

"14 ދުވަސް ވީއިރު ކުނިވެގެން ގޮސް އެހާވަރު ވީއިރު އެތަން ބަލައި ނުލެވި އޮތީމަ އިހުމާލު މިއޮތީ އިންތިހާއަށް، ފަރުވާ ކުޑަކަން މިއޮތީ އިންތިހާއަށް، ވަކި ގޮތަކަށް ނިންމަން އުޅޭހެން މިކަމުގެ ފަހަތުގައި ބަޔަކު ތިބި ކަމަކަށް ނުބެލެވެއޭ، ބަޔަކު ކުރިކަމެއް ކަމަކަށް ނުބެލެވެޔޭ ކިޔާފަ މީތި އެހެން ގޮތަކަށް ގެންދަން އުޅޭތީ އަޅުގަނޑު ކަންބޮޑުވަން."

މެންބަރު މުހައްމަދު ވަހީދު 

އަޒްހާން ހޯދަން ފުލުހުން ކުރި މަސައްކަތައް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އޭނާ ހޯދަން ފުލުހުން ކުރި މަސައްކަތް ތައް ދިފާއުކޮށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލާގައި އަޒުހާން އެންމެ ފަހުން ބައްދަލުވި މީހުންނާއި ސުވާލުކޮށް، އެމީހުން ފޯރުކޮށްދިން މައުލޫމާތާއި، ފުލުހުންގެ ސީސީޓީވީ ފޫޓޭޖް ތަކާއި، އާއްމުންގެ ސީސީޓީވީ ފޫޓޭޖް ތަކާއި، އަދިވެސް އެހެނިހެން ގޮތްގޮތުން މައުލޫތު ތައް ހޯދާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، އަޒުހާން މާލެއަށް ގޮސްފައިވޭތޯ ބެލުމަށް މާލޭގެ ސީސީޓީވީ ފޫޓޭޖް ތައްވެސް ބެލި ކަމަށާ، އަދި އެއްވެސް ރަށަކަށް ފުރައިގެން ދިޔަތޯވެސް ބަލާފައިވާ ކަމަށެވެ. 

އެގޮތުން ކުރި މަސައްކަތުން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފަތިހު ޓެކްސީއެއްގައި ހުޅުމާލޭ ފޭސް އެކެއް ގައި ހުންނަ ގެސްޓް ހައުސް އަކަށް އޭނާ ދިޔަ ކަމަށް މައުލޫތު ލިބުނު ކަމަށާ، އެ ގެސްޓް ހައުސް އާއި އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖް ތައް އެނަލައިޒް ކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީގައި މައުލޫތު އެއްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ލިބުނު މައުލޫމާތަކަށް ބިނާކޮށް ސެޕްޓެމްބަރު 26 ވަނަ ދުވަހު ނިރޮޅުމަގުގައި ހުންނަ ސްކޭޓްޕާކު ސަރަހައްދާއި، ވޯޓާ ތީމް ޕާކު އަޅަން ބިން ދޫކޮށްފައިވާ ސަރަހައްދު ބަލައި ފާސްކުރެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖްތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒްހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން އައިސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. 
އެ މައުލޫމާތުތަކާއެކު ދެން އަޒުހާން ފެންނާނެ ކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެން ހުރި ސީސީޓީވީ ފޫޓޭޖް ނަގައި ބެލި އިރު، އެ ފޫޓޭޖް ތަކުން އޭނާ ފެނިފައި ނުވާތީ، އަނެއްކާވެސް ސްކޭޓްޕާކު ހިމެނޭ ސަރަހައްދު ބެލުމަށް ތަހުގީގު ކުރާ ޓީމުން ނިންމި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި އެގޮތުން އެ ސަރަހައްދުގައި ހިންގުނު އޮޕަރޭޝަނެއްގެ ތެރެއިން އޮކްޓޯބަރ 2 ވަނަ ދުވަހު، ވޯޓާ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ، ނިރޮޅުމަގުގެ ހުޅަނގު ފަރާތް ބަލައި ފާސްކުރިއިރު، އެ ސަރަހައްދުގެ ވެޔޮ ތަކުގެ ތެރެއިން އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޑީކޮމްޕޯސްވެފައި ވަނިކޮށް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. 

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އެ ހަށިގަނޑު އިތުރު ތަހުލީލުތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އަޒުހާންގެ ފޯނުވެސް މިހާރު ފުލުހުން ހޯދާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފޯނު ފެނުނު ތަނެއް ފުލުހުން ނުބުނެއެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުން އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ވެސް ލިބިފައި ނެތް ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.