އިމްތިޔާޒު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2022 | 21:14
ޕޮލިސް ބަޔާން ނެރެ ސްޓޯރީ ނިންމާލައިފި: އިމްތިޔާޒް

18 ސެޕްޓެމްބަރު ގައި ހުޅުމާލެއިން ގެއްލުނު އަޒުހާނުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބަޔާނެއް ނެރެ ސްޓޯރީ ނިންމާލާފައިވާކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. 

އިންތި މިފަދައިން ވިދާޅުވެފައިވަނީ އަޒުހާނު ހޯދުމަށް ފުލުހުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. 

އިންތި ވިދާޅުވީ ޒުވާނާ ގެއްލުނު ހާދިސާއާއި ގުޅިގެން ފުލުހުން ބަޔާނެއް ނެރެ ސްޓޯރީ ނިންމާލާފައިވާކަމަށެވެ. އަދި އެއީ ވަރަށް ކަންބޮޑުވާކަމެއްކަމަށް އިންތި ވިދާޅުވިއެވެ. 

"މުހައްމަދު އަޒުހާނު ގެއްލުނު މި މައްސަލައިގައި އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިއްޔެ ފުލުހުންގެ ފަރާތުން ބަޔާނެއް ނެރުއްވާ ސްޓޯރީ ނިންމަވާލެއްވީމަ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިންތިގެ ވާހަކައިގައި ވަނީ ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ސާފުނުވާކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ބަޔާން ފައްޓަވަމުން ހުޅުމާލެއިން ފެނުނީ ކަނޑައެޅިގެން އަޒުހާނުގެ ހަށިގަނޑުކަން ފުލުހުން ކަށަވަރުކޮށްދީފައި ނުވާއިރު، އަޒުހާނުގެ ފޯނު ފެނިއްޖެ ކަމަށާއި، އޭނާ މަރާލާފައި ވާ ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ފުލުހުން ބުނުމުން ގިނަ ސުވާލުތަކެއް އުފެދޭކަމަށް އިންތި ވިދާޅުވިއެވެ. އަދި އެ ބަޔާނަކީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވަނިސް ނެރެފައިވާ ބަޔާނެއްކަންވެސް އިންތި ފާހަގަކުރެއްވިއެވެ. 

" އަޅުގަނޑު ކަންބޮޑުވަނީ ތަހުގީގެއްގެ ފުރިހަމަ ހިސާބަކަށް ނުދަނީސް މިހާ އަވަހަށް ސްޓޯރީ ނިންމަވާލެއްވީތީވެ. އެބާވަތުގެ އިބާރާތެއް އައިސްގެނެއް ނުވާނެ މީހަކު މަރާލާފަ ނުވަތަ ގެއްލުވާލާފައި ވާއިރުގައި އޭގެ ހަގީގަތަކާއި ހަމަޔަށް ނުދެވެނީސް މިހާ އަވަހަށް ސްޓޯރީ ނިންމާލާފއިވާތީ ހަގީގަތުގައި ކަންބޮޑުވޭ"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިންތި އިތުރަށް ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ހަނދާނަށް އަންނަނީ ހުޅުމާލެއިން މިނިވަން ނޫހުގެ ނުސްވެރިޔާ އަހުމަދު ރިލުވާނު ވަގަށް ގެނި ހާދިސާ ތަހުގީގުކުރުމަށް ފުލުހުން އަމަލުކޮށްފައިވާ ކަންކަމެވެ. 

"އަހުމަދު ރިލުވާނު ވަގަށް ނެގި ކަންތައްތަކުގައިވެސް އާއިލާގެ ފަރާތުންނާއި ހެޔޮ އެދޭ މީހުން އަމިއްލަޔަށް މުޅި ސަރަހައްދު ބަލައި އަދި ފުލުހުންގެ ސަމާލުކަމަށް ގެނެސް ހުރި ކަންބޮޑުވުންތައް ފާހަގަކުރީމަ އަދި ޕްރައިވެޓު އިނގިރޭސި ވިލާތުގެ ތަހުގީގީ ބަޔަކާއި ގުޅިގެން ހިންގި ތަހުގީގުގައި ދެއްކި ހަގީގަތްތަކެއް ހަނދާނަށް އަންނަނީ"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އެވާހަކަ އިންތި ފާހަގަކުރައްވާފައިވަނީ ރިލުވާނު ހޯދުމުގައިވެސް ފުލުހުން އެކަށީގެންވާ ތަހުގީގެއް ހިންގާފައި ނުވާކަން ސިފަކުރެއްވުމަށެވެ. 

އެއާއެކު އިންތި ވިދާޅުވީ ފުލުހުންގެ ބޮޑު އިހުމާލު އޮތް އިރު މިއަދާއި ހަމަޔަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަންވެސް އިންތި ފާހަގަކުރެއްވިއެވެ. އަދި ހަމަ އެ ބާވަތުގެ އިތުރު މައްސަލައެއް ފެންމަތިވެފައިވާއިރު ތަހުގީގު ރަނގަޅަށް ހިންގާނެ ކަމާމެދު މިހާރު ސުވާލު އުފެދިފައިވާކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އެފް.ޒެޑު
އިންތިވިދާޅުވީތެދު މިގައުމުގައި ދިރިތިބި އިންސާނުންގެއްލެމުން މަރަމުންދާއި ރުޕޮލިހުންނަކަށްނުފެނޭނުހޯދޭރިހާކުރު ފުޅިއެއްގެއްލިއްޖެނަމައެފުޅިނެގިމީހާހޯދޭ ޕޮލިހުންގެޒިއްމާ އަދާކުރުންވަރަށްވެސް ފުރިހަމަ.
05 Oct 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.