08 Oct 2022
އަޒްހާންގެ ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު އަޒުހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފިއެވެ.
04 Oct 2022
ވިލްޕައިން ނެރުނީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ
އަޒުހާނުގެ މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާރަމެންޓްރީ ގްރޫޕުގެ ލީޑަރޝިޕުން ވިޕްލައިން ނެރުނީ އެ މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރެވުމްދާ މައްސަލައަކަށް ވާތީކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
04 Oct 2022
"ޕޮލިސް ބަޔާން ނެރެ ސްޓޯރީ ނިންމާލައިފި"
18 ސެޕްޓެމްބަރު ގައި ހުޅުމާލެއިން ގެއްލުނު އަޒުހާނުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބަޔާނެއް ނެރެ ސްޓޯރީ ނިންމާލާފައިވާކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
03 Oct 2022
އަޒުހާން މަރާލާފައިވާ ކަމުގެ ހެއްކެއް އަދި ނުފެނޭ: ފުލުހުން
ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާންގެ ފޯނު ފުލުހުންނަށް ފެނިފައިވާ ކަމަށާ، އޭނާ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް މިހާތަނަށް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
02 Oct 2022
"ފޯނެއް ނުފުނޭ، އެއްވެސް މީހަކަށް ތުހުމަތެއް ނުކުރެވޭ"
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ ޒުވާނެއްކަމަށްވާ މުހައްމަދު އަޒުހާނުގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އެމީހާގެ ފޯނު ނުފެންނަކަމަށާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކުވެސް އަދި ނެތްކަމަށް ފުލުހުން ބުނެފިއެވެ.
02 Oct 2022
މިއަދު ފެނުނު ހަށިގަނޑުގެ މައްސަލައިގައި ހިންގަނީ ހޯމިސައިޑް ތަހުގީގެއް: ފުލުހުން
ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނު، މުޙައްމަދު އަޒްހާން ކަމަށް ބެލެވޭ މީހާގެ މައްސަލާގައި ފުލުހުން ހިންގަނީ ހޯމިސައިޑް ނުވަތަ މީހަކު މަރާލި ކަމަށް ބެލެވުމުން ހިންގާ ތަހުގީގެއް ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
02 Oct 2022
ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަނީ!
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު އަޒްހާންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
02 Oct 2022
ހުޅުމާލެއިން ގެއްލުނު ޒުވާނާގެ ކަމަށް ބެލެވޭ ހަށިގަނޑެއް ފެނިއްޖެ
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑެއް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.