ފުލުހުން ނޫސްވެރިންނާއި ބައްދަލުކުރެއްވުން--ފޮޓޯ: ފައިލް
ހަބަރު
15 Oct 2022 | 05:46
މަރުތަކާ ބެހޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު

ފަހުގެ މަރުތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު އިސްކަންދަރު ކޮށީގައެވެ.

މި ބައްދަލުވުމުގައި މައުލޫމާތު ދިނުމަށް ހަމަ ޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް ހެޑް, ޗީފް ސްޕިރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްގެ ހެޑް, ސްޕިރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު އާއި ޑެތް އެންޑް ހޮމިސައިޑް އިވްވެސްޓިގޭޝަން ޔުނިޓުގެ ހެޑް, އިންޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިޙްއެވެ.

ހ. ޝީރީން ވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގެ ތެރޭގައި 22 އހަރުގެ ޝިއާއު، މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޮގަސްޓު މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިއެވެ. އޭނާގެ ހަށިގަނޑު ޕޯސްމޯޓަމް ހެދުމަށްފަހު އޭނާގެ ޖަޒާނާ ވަނީ ބާއްވާފައެވެ.

މި މަރަށް ދެމަހެއްހާ ދުވަސްވީއިރު އަދި މިހާތަނަށް ފުލުހުންގެ ފަރާތުން މާ ބޮޑު ތަފްސީލެއް ހިއްސާ ނުކުރެ އެވެ.

27 އަހަރުގެ އަޒުހާން، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 އިން ފެށިގެން ހަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް ބުނެ، އޭނާގެ އާއިލާ އިން ފުލުހަށް ރިޕޯޓުކުރީ ޖެހިގެން އައި ދުވަހުގެ ރޭ 7 ހާއިރު އެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހުޅުމާލޭ، ވޯޓާ ތީމް ޕާކް ކުރިމަތީ އޮންނަ ބޯ ގަސްތަކުގެ ތެރެއިން ފެނުނީ މި މަހުގެ 2 ދުވަހުއެވެ. އިއްޔެ ވަނީ އޭނާގެ ޕޯސްމޯޓަމް ހެދުމަށްފަހު ވަޅުލާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.