ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު-- ފޮޓޯ: ވޮއިސް
ހަބަރު
02 Oct 2022 | 20:17
ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަނީ!

ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނު، މުޙައްމަދު އަޒްހާން ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑެއް ފެނިފައިވާތީ އެކަމާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޕްރެސް ގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމެންޓުގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށާ، މަރާއި ގުޅޭ އިތުރު ކަންކަން ހޯދުމަށް ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާގެ އާއިލާއާއި އެކަމާ ގުޅިގެން ވާހަކަތައް ދެކެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، އެ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަލާފައިވަނީ، އަޒުހާން އެންމެ ފަހުން ފެނުނު ސަރަހައްދާއި ގުޅޭ ގޮތުން ފުލުހުން އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ލިބުނު މައުލޫމާތަކު ތަކާއި ގުޅިގެން ހޯދި ހޯދުމުގެ ތެރެއިން ކަމަށެވެ. 

އަދި އެ ހަށިގަނޑު ފެނުނު ޕާކު ކުރިންވެސް ފުލުހުން ބެލި ކަމަށާ، އެހެން ނަމަވެސް އެ ހަށިގަނޑު އޮތް ފަޅި އޭރު ނުބެލޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން

"ސީސީޓީވީ ކެމެރާތަކުން ފެނުނީ މިއަށްވުރެ ތަންކޮޅެއް ދުރުގައި މީހާ އުޅޭ ތަން. މި ހިސާބުގަނޑު ސާޗް ކުރެވިފައި އިނީ. އެކަމަކު އަނެއްކޮޅު ސާޗެއް ނުކުރަން. ވޯޓާ ޕާކުގެ ކުރިއަށް މި އޮތް ބިން ސާޗް ކުރީ މިއަދު،" ސައީދު ވިދާޅުވި އެވެ.

ހަސަން ސައީދު އިތުރަށް ވިދާޅުވީ، އެ ސަރަހައްދުން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނި ވެފައި ކަމަށާއި ނަމަވެސް އެއީ އަޒްހާންގެ ހަށިގަނޑު ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.


"އަޅުގަނޑުމެންނަށް ފެނުނީ ތަންކޮޅެއް ހައިލީ ޑީކޮމްޕޯސްޑް ސްޓޭޖެއްގައި އޮތް ބޮޑީއެއް. އަދި މިހާރު އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރުގަ އަޅުގަނޑުމެންނަށް ލައިކްލީ މި ބޮޑީ އަކީ މިއީ މުހައްމަދު އަޒްހާންގެ ބޮޑީއަށް ވުމުގެ ޕޮސިބިލިޓީ ހަމަ ބޮޑީ" ހަސަން ސައީދު ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ، މިއީ ތަހުގީގު ފުރަތަމަ މަރުހަލާ ކަމުން އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު މިވަގުތު ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި މާދަމާގެ ވަގުތެއްގައި އިތުރު މައުލޫމާތު ދެވޭ ވަރުވާނެ ކަމަށެވެ.

އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނިފައިވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލެއިން ޒުވާނެއް ގެއްލިގެން އުޅޭ ކަން އަންގައި ފުލުހުން އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ މުޙައްމަދު އަޛުހާން، 27، ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހު ހެނދުނު 06:00 އެހައިކަންހާއިރުކަމަށެވެ.

އަދި ފުލުހުން ކުރި މަސައްކަތުން މުޙައްމަދު އަޛުހާން އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިންކަމަަށާ، އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާކަން ފާހަގަކުރެވިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު