އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދު--ފޮޓޯ: ވޮއިސް
ހަބަރު
03 Oct 2022 | 23:26
އަޒުހާން ގެ ފޯނު ފެނިއްޖެ؛ އޭނާ މަރާލާފައިވާ ކަމުގެ ހެއްކެއް އަދި ނުފެނޭ: ފުލުހުން

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާންގެ ފޯނު ފުލުހުންނަށް ފެނިފައިވާ ކަމަށާ، އޭނާ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް މިހާތަނަށް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ. 

އަޒްހާން ހޯދަން ފުލުހުން ކުރި މަސައްކަތައް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒުހާން ގެއްލިގެން އުޅޭ ކަމަށް ބުނެ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ 19:00 ހާއިރު އޭނާގެ ޢާއިލާއިން، ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވާކަމަށެވެ. 

އަދި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި އެކު، މިފަދަ އެހެން މައްސަލަ ތަކުގައިވެސް ފުލުހުން ކަންކުރަމުންދާ އުސޫލުން މާލެއާއި ހުޅުމާލޭގައި ހުންނަ ޕޮލިސް ސްޓޭޝަން ތަކާއި ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ހިއްސާ ކޮށްފައިވާނެކަމަށް ފުލުހުންގެ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި އިންޓެލިޖެންސް މެދުވެރިކޮށް ބެލި ބެލުމުން އަޒްހާންގެ ފޯނަށް އެންމެ ފަހުން ރޭންޖް ލިބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ޕާކް ތަރައްގީ ކުރާ ސަރަހައްދުންނެވެ.

މީގެ އިތުރުން އަޒުހާން ހޯދުމަށް ފުލުހުން ކުރި މަސައްކަތް ތައް ހާމަކުރަމުން އެ ބަޔާނުގައި ބުނީ، އެ މައްސަލާގައި އަޒުހާން އެންމެ ފަހުން ބައްދަލުވި މީހުންނާއި ސުވާލުކޮށް، އެމީހުން ފޯރުކޮށްދިން މައުލޫމާތާއި، ފުލުހުންގެ ސީސީޓީވީ ފޫޓޭޖް ތަކާއި، އާއްމުންގެ ސީސީޓީވީ ފޫޓޭޖް ތަކާއި، އަދިވެސް އެހެނިހެން ގޮތްގޮތުން މައުލޫތު ތައް ހޯދާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، އަޒުހާން މާލެއަށް ގޮސްފައިވޭތޯ ބެލުމަށް މާލޭގެ ސީސީޓީވީ ފޫޓޭޖް ތައްވެސް ބެލި ކަމަށާ، އަދި އެއްވެސް ރަށަކަށް ފުރައިގެން ދިޔަތޯވެސް ބަލާފައިވާ ކަމަށް އެ ބަޔާނުގައި ފުލުހުން ބުންޏެވެ. 

އެގޮތުން ކުރި މަސައްކަތުން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފަތިހު ޓެކްސީއެއްގައި ހުޅުމާލޭ ފޭސް އެކެއް ގައި ހުންނަ ގެސްޓް ހައުސް އަކަށް އޭނާ ދިޔަ ކަމަށް މައުލޫތު ލިބުނު ކަމަށާ، އެ ގެސްޓް ހައުސް އާއި އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖް ތައް އެނަލައިޒް ކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީގައި މައުލޫތު އެއްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ލިބުނު މައުލޫމާތަކަށް ބިނާކޮށް ސެޕްޓެމްބަރު 26 ވަނަ ދުވަހު ނިރޮޅުމަގުގައި ހުންނަ ސްކޭޓްޕާކު ސަރަހައްދާއި، ވޯޓާ ތީމް ޕާކު އަޅަން ބިން ދޫކޮށްފައިވާ ސަރަހައްދު ބަލައި ފާސްކުރެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖްތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒްހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން އައިސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. 

އެ މައުލޫމާތުތަކާއެކު ދެން އަޒުހާން ފެންނާނެ ކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެން ހުރި ސީސީޓީވީ ފޫޓޭޖް ނަގައި ބެލި އިރު، އެ ފޫޓޭޖް ތަކުން އޭނާ ފެނިފައި ނުވާތީ، އަނެއްކާވެސް ސްކޭޓްޕާކު ހިމެނޭ ސަރަހައްދު ބެލުމަށް ތަހުގީގު ކުރާ ޓީމުން ނިންމި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި އެގޮތުން އެ ސަރަހައްދުގައި ހިންގުނު އޮޕަރޭޝަނެއްގެ ތެރެއިން އޮކްޓޯބަރ 2 ވަނަ ދުވަހު، ވޯޓާ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ، ނިރޮޅުމަގުގެ ހުޅަނގު ފަރާތް ބަލައި ފާސްކުރިއިރު، އެ ސަރަހައްދުގެ ވެޔޮ ތަކުގެ ތެރެއިން އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޑީކޮމްޕޯސްވެފައި ވަނިކޮށް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. 

އަދި އިއްޔެ އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނު ހިސާބުން ފެށިގެން، ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ތަހުގީގު ބަދަލުކޮށް، ތަހުގީގު ވާނީ ފުޅާކޮށްފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އެ ހަށިގަނޑު އިތުރު ތަހުލީލުތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އަޒުހާންގެ ފޯނުވެސް މިހާރު ފުލުހުން ހޯދާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފޯނު ފެނުނު ތަނެއް ފުލުހުން ނުބުނެއެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުން އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ވެސް ލިބިފައި ނެތް ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.