އަޒުހާނުގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
02 Oct 2022 | 23:11
ފޯނެއް ނުފެނޭ، އެއްވެސް މީހަކށް ތުހުމަތެއް ނުކުރެވޭ: ޕޮލިސް

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ ޒުވާނެއްކަމަށްވާ މުހައްމަދު އަޒުހާނުގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އެމީހާގެ ފޯނު ނުފެންނަކަމަށާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކުވެސް އަދި ނެތްކަމަށް ފުލުހުން ބުނެފިއެވެ. 

އެ މައްސަލައާއި ގުޅިގެން ފުލުހުންނަށް މައުލޫމާތު ދެމުން ބުނީ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އަޒުހާނު ސެޕްޓެމްބަރު މަހުގެ 18 ގައި ގެއްލިގެން ރިޕޯޓުކުރުމާއި ގުޅިގެން ފުލުހުން ހިންގި އޮަޕަރޭޝަނެއްގައިކަަމަށެވެ. 

ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ވޯޓާ ތީމް ޕާކާ ދިމާލުން މަގުގެ އަނެއް ފަޅީގައި އޮންނަ ވަލުގެ ތެރެއިންނެވެ. އެއީ، އަޒުހާން އެންމެ ފަހުން ފެނުނު ކަމަށް ފުލުހުން ބުނެފައިވާ ރެޑް ބުލް ދަނޑު ކައިރި އެވެ.

އެ މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިންޓެންޑެންޓް ހަސަން ސައީދު ނޫސްވެރިންނަށް ވިދާޅުވީ، އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނު ތަން ބަލައި ފާސްކުރީ މިއަދު ކަމަށެވެ.

އެ ތަން ބަލަން ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، ސީސީޓީވީ ފުޓޭޖު ބެލި ބެލުމުން، ވޯޓާ ތީމް ޕާކުގެ ކައިރިން އަޒުހާން ފެނިފައި ވާއިރު، އެހެން ސަރަހައްދެއްގެ ފުޓޭޖަކުން އޭނާ ފެނިފައި ނުވާތީކަމަށް ސައުދު ވިދާޅުވިއެވެ. 

ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސައުދު ވިދާޅުވީ، ފެނުނު މީހާގެ ފޯނު ފެނިފައި ނުވާކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކަށް ތުހުމަތު ނުކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މިހާރު ކުރިއަށް ދަނީ ތަހުގީގުގެ ކުރީކޮޅު ކަމަށްވުމުން ފުލުހުން އެ ހާދިސާއާއި ގުޅޭ މާބޮޑު ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ. 

އެހެން ނަމަވެސް ފެނިފައިވާ ހަށިގަނޑު ޕޯސްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.