ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ވޮއިސް
ހަބަރު
02 Oct 2022 | 22:18
މިއަދު ފެނުނު ހަށިގަނޑުގެ މައްސަލައިގައި ހިންގަނީ ހޯމިސައިޑް ތަހުގީގެއް: ފުލުހުން

ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނު، މުޙައްމަދު އަޒްހާން ކަމަށް ބެލެވޭ މީހާގެ މައްސަލާގައި ފުލުހުން ހިންގަނީ ހޯމިސައިޑް ނުވަތަ މީހަކު މަރާލި ކަމަށް ބެލެވުމުން ހިންގާ ތަހުގީގެއް ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. 

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑެއް ފެނިފައިވާތީ އެކަމާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމެންޓުގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން ހިންގަނީ ހޯމަސައިޑް ތަހުގީގެއް ކަމަށާއި އެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ފަށައިގެން މި ދަނީ ހޯމަސައިޑް އިންވެސްޓިގޭޝަނެއް،" ސައީދު ވިދާޅުވި އެވެ.

ހަސަން ސައީދު އިތުރަށް ވިދާޅުވީ، އެ ސަރަހައްދުން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނި ވެފައި ކަމަށާއި ނަމަވެސް އެއީ އަޒްހާންގެ ހަށިގަނޑު ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނުނީ ތަންކޮޅެއް ހައިލީ ޑީކޮމްޕޯސްޑް ސްޓޭޖެއްގައި އޮތް ބޮޑީއެއް. އަދި މިހާރު އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރުގަ އަޅުގަނޑުމެންނަށް ލައިކްލީ މި ބޮޑީ އަކީ މިއީ މުހައްމަދު އަޒްހާންގެ ބޮޑީއަށް ވުމުގެ ޕޮސިބިލިޓީ ހަމަ ބޮޑީ" ހަސަން ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިއީ ތަހުގީގު ފުރަތަމަ މަރުހަލާ ކަމުން އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު މިވަގުތު ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި މާދަމާގެ ވަގުތެއްގައި އިތުރު މައުލޫމާތު ދެވޭ ވަރުވާނެ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށާ، މަރާއި ގުޅޭ އިތުރު ކަންކަން ހޯދުމަށް ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި އޭނާގެ އާއިލާއާއި އެކަމާ ގުޅިގެން ވާހަކަތައް ދެކެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، އެ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަލާފައިވަނީ، އަޒުހާން އެންމެ ފަހުން ފެނުނު ސަރަހައްދާއި ގުޅޭ ގޮތުން ފުލުހުން އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ލިބުނު މައުލޫމާތަކު ތަކާއި ގުޅިގެން ހޯދި ހޯދުމުގެ ތެރެއިން ކަމަށެވެ. 

އަދި އެ ހަށިގަނޑު ފެނުނު ޕާކު ކުރިންވެސް ފުލުހުން ބެލި ކަމަށާ، އެހެން ނަމަވެސް އެ ހަށިގަނޑު އޮތް ފަޅި އޭރު ނުބެލޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ސީސީޓީވީ ކެމެރާތަކުން ފެނުނީ މިއަށްވުރެ ތަންކޮޅެއް ދުރުގައި މީހާ އުޅޭ ތަން. މި ހިސާބުގަނޑު ސާޗް ކުރެވިފައި އިނީ. އެކަމަކު އަނެއްކޮޅު ސާޗެއް ނުކުރަން. ވޯޓާ ޕާކުގެ ކުރިއަށް މި އޮތް ބިން ސާޗް ކުރީ މިއަދު،" ސައީދު ވިދާޅުވި އެވެ.

އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނިފައިވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލެއިން ޒުވާނެއް ގެއްލިގެން އުޅޭ ކަން އަންގައި ފުލުހުން މީގެކުރިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ މުޙައްމަދު އަޛުހާން، 27، ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހު ހެނދުނު 06:00 އެހައިކަންހާއިރުކަމަށެވެ.

އަދި ފުލުހުން ކުރި މަސައްކަތުން މުޙައްމަދު އަޛުހާން އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިންކަމަަށާ، އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ