ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
15 Oct 2022 | 11:26
ޝިއާއު އަދި އަޒުހާނުގެ މަރާއި ގުޅުމެއް ނެތް: ފުލުހުން

ހ.ޝީރީން ވިލާގައި އަނިވާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާއި، ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮތްވާ ފެނުނު މުހައްމަދު އަޒުހާނުގެ މަރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ހާމަކޮށްފިއެވެ. 

ފުލުހުން މިފަދައިން ހާމަކޮށްފައިވަނީ އެ މަރުތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ނުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

ޝިއާއުއާއި އަޒުހާނާއި ދެމީހުންނަކީވެސް މެރާކީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ ޒުވާނުންނަށް ވުމުން، ގާތް ގާތުގައި ހިނގައިދިޔަ އެ ދެ ހާދިސާއާއި ގުޅިގެން އާންމުންގެ މެދުގައި ގިނަ ސސުވާލުތަކެއް އުފެދިފައިވާއިރު، އެކަމާއި ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކީ ވަނީ ޝިއާއު އާއި އަޒުހާނުގެ މަރާއި އެއްވެސް ގުޅުމެއް އޮތްކަމަށް ފާހަގަކުރެވިފައިވޭތޯ ފުލުހުންގެ އަރިހުން އަހާފައެވެ. 

އެ ސުވާލަށް ޖަވާބުދެމުން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ދެ ހާދިސާއާއި އެއްވެސް ގުޅުމެއް އޮތްކަމަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. އަދި އެ ދެ މައްސަލަ ތަހުގީގުކުރަމުންދަނީ ވަކި މައްސަލަތަކުގެ ގޮތުގައި ކަމަށެވެ. 

ޝިއާއުގެ މަރުގެ މައްސަލައިގެ ތަހުގީގު ގާތްގަނޑަކަށް ފުރިހަމަވުމާއި ހަމަޔަށް އައިސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މަރާއި ގުޅިގެން ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވާވަރަށް ހެކި ހުރިކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

އެހެން ނަމަވެސް އަޒުހާނުގެ މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތު ނުކުރެވޭކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

އެ ދެ މައްސަލައިގެ ތަހުގީގުވެސް ފުލުހުން ކުރަމުންދަނީ ހުޅުވާލެވިފައިވ ދެ މައްސަލައިގެ ގޮތުގައި ކަމަށާއި، މައްސަލައިގެ ވަށައިގެން ފެންނަން ހުރި ހުރިހާކަމަކަށް ރިއާޔަތް ކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް މިހާތަނަށް ބެލި ބެލިމުން، އެ ދެ ޒުވާނުންގެ މަރާއި އެއްވެސް ގުޅުމެއް އޮތްކަން ދެނެގަނެވިފައި ނުވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.