އަނދުން ހުސެއިން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2022 | 22:47
އަޒުހާނު މައްސަލަ ބޭރުކުރަން ވިލްޕައިން ނެރުނީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ: އަނދުން ހުސެއިން

ހުޅުމާލެއިން ގެއްލުނު އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާނު ހޯދުމުގައި ފުލުހުން އިހުމާލުވެފައިވާކަން ބަޔާންކޮށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާރަމެންޓްރީ ގްރޫޕުގެ ލީޑަރޝިޕުން ވިޕްލައިން ނެރުނީ އެ މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރެވުމްދާ މައްސަލައަކަށް ވާތީކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

އަނދުން ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ އަޒުހާނު މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރޝިޕުން ވިޕްލައިން ނެރުމާއި ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރުމާއި ގުޅިގެން ރައްދުދެއްވަމުންނެވެ. 

އެގޮތުން އެ މައްސަލައިގައި ވިޕްލައިން ނެރުނީ، އެ މައްސަލައަކީ މިހާރުވެސް ބަލަމުންދާ މައްސަލައަކަށް ވާތީކަމަށް އަނދުން ހުސެއިން ވަނީ ވިދާޅުވެފައެވެ. 

"މި މައްސަލަ ލިޔެފައި އޮތް ގޮތުން ވިޕްލައިން އެޅީ. އެއީ މި މައްސަލައަކީ މިހާރު ތަހުގީގު ނިންމާ މި މައްސަލަ އިތުރަށް ނުބަލަން އަދި މި ފެނުނު ހަށިގަނޑު ވަޅުލާ އިތުރަށް މީގެ ތަހުގީގު ކުރިއަށް ނުގެންދެވޭނެ އެއްވެސް ގޮތަކަށް އަމަލުކޮށްފައިވާ މައްސަލައަކަށް މިކަން ނުވާތީ"

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސައިން ޝަހީމް

އެކަން ފާހަގަކުރައްވާ އަނދުން ހުސެއިން އިތުރަށް ވިދާޅުވީ ހުޅުމާލެއިން ޒުވާނަކު ގެއްލުނު މައްސަލައާއި ގުޅިގެން ފުލުހުން ވަރަށް ތަފްސީލީ ނޫސްބަޔާނެއް ނެރެފައިވާކަމަށެވެ. އަދި އެ ބަޔާނުގައި އެ ޒުވާނާ ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަން އަނދުން ހުސެއިން ފާހަގަކުރެއްވިއެވެ.

އަނދުން ހުސެއިން އިތުރަށް ވިދާޅުވީ ހުޅުމާލެއިން ގެއްލުނު ޒުވާނާ ހޯދުމުގައި ފުލުހުން އިހުމާލު ވެފައިވާކަމަށް ބުނި ނަމަވެސް އެ ޒުވާނާ ހޯދާފައިވަނީ ފުލުހުން ކުރި މަސައްކަތުންކަމަށެވެ. އަދި ފުލުހުން އެކަން ކޮށްފައިވަނީ އެމީހުންގެ އަތުގައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެންކަމަށެވެ. 

އެ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް ވިޕްލައިން ނެރުނީ މި ހުރިހާކަމެއް މިގޮތަށް ހުރުމުންކަން އަދުން ހުސެއިންގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.