ޝެއިޚް ސައުދާން އާއި މިނިސްޓަރު އަހްމަދު މަހްލޫފް އަދި ޝެއިޚް މުހައްމަދު އަބްދުލް ލަތީފް
ހަބަރު
05 Oct 2022 | 10:42
ކަސީނޯ އެޅުމާއި ގުޅިގެން މަހުލޫފް ދެއްކެވި ވާހަކަތަކަށް ޢިލްމުވެރިންގެ ހޫނު ރައްދުތަކެއް!

ރިސޯޓް ތަކުގައި ކަސީނޯ އެޅުމާއިމެދު މަޝްވަރާ ކުރަންޖެހޭ ކަމަށް ބުނެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ ހޫނު ރައްދުތަކެއް އޭނާއަށް ދެއްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވަނީ، ރިސޯޓުތަކުގައި ޕްރޮފިޓް ނުލިބޭ ކުޅިވަރުތައް ހިންގުމުގެ ބަދަލުގައި ކެސިނޯ ލައިސަންސް ދޭންޖެހޭ ކަމަށް ވިދާޅުވެ ޖާބިރު ސުވާލު ކުރެއްވީ، ކެސިނޯ އެޅުމަށް ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫތު މިނިސްޓްރީން ކުރަނީ ކިހާވަރެއްގެ މަސައްކަތެއްތޯ އާއި އެކަން ކުރުން މަނާކުރަނީ ކޮންތާކުންތޯ ސުވާލުކުރައްވާފައެވެ. 

ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން މަހުލޫފު ވިދާޅުވީ ކެސިނޯގެ ނަން ބުންޏަސް އަދި އެ ވާހަކަ ދައްކަވަން ފެއްޓެވިއަސް އެ ވާހަކަދައްކަވާ ބޭފުޅުން ގޯސްވެ ކުށްވެރިވާ ކަމަށެވެ.

".. މިއިން ތަނެއްގައިވެސް އަޅުގަނޑުމެންނަށް ކެސިނޯއޭ ބުންޏަސް، ވާހަކަ ފެށިޔަސް ގޯސްވޭ. އެ ނަން ކިޔަސް ވެސް ގޯސްވާ ހިސާބުގައި. އެހެންވީމަ އުޅެންޖެހެނީ އެންމެން ބޮޑު ބިރުވެރިކަމެއްގައި، މިއިން ކަމަކާ ގުޅިގެން މަޝްވަރާ ކޮށްލާނެ ޖާގަވެސް އޮންނަ ކަމަކަށް ނުވޭ" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ ޖާބިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން ބަރާބަރަށް ރާ ވިއްކައި ހުރިހާ ސަކަރާތެއް ރިސޯޓުތަކެއްގައި ޖަހާ ކަމަށެވެ. އަދި ރާ ވިއްކުން ހަރާމްކޮށްފައި ކެސީނޯ ހިންގުން ހަރާމްނުކުރެވޭނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

"ބަރާބަރަށް ރާ ވިއްކާ. އެހެން ހުރިހާ ސަކަރާތެއްވެސް އެތަންތަނުގައި ޖަހާ. ކެސިނޯގެ ވާހަކަ ފަށާފައި ހަމަ ބުނާއިރަށް ބުނޭ ހަރާމޭ. ރާ ވިއްކުން ހަރާމެއް ނޫނޭ، ކެސީނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް އެ ހަރާމެއް ނުކުރެވޭނޭ،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފްގެ މިވާހަކަތަކަށް ރައްދު ދެއްވައި، ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުހައްމަދު ލަތީފު ވިދާޅުވީ، އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ޖުވާކުޅުންފަދަ ކަމެއް ކުރުމަށް މަޝްވަރާ ކުރެވެންޖެހޭނެކަމަށް ފާޅުގައި ބުނެ، އެކަލާނގެ ޙުކުމަކަށް ގޮންޖަހާލާ މީހާ، އޭނާގެ ޙާލުގެ ދުލުން އެ ބުނެވެނީ އެކަލާނގެ ޢިލްމުފުޅަށްވުރެ ތިމަންނާއަށް ލިބިގެންވާ ޢިލްމު މާ މަތިވެރި ކަމަށާ، އަޅުތަކުންގެ މަޞްލަޙަތު ހުރި ކަންކަން ބޮޑަށް އެނގެނީ ތިމަންނާއަށް ކަމަށެވެ.

އަޚުންނޭވެ! މިފަދަ ކުފުރު ބަސްތަށް ބުނުމުގެ ނަތީޖާއާމެދު ބިރުވެތިވާށެވެ! ދުނިޔޭގެ ފޮނިކަމާއި މީރުކަމަށް ހެއްލުންތެރިނުވެ، މާދަމާ އުޅެން އޮތްތަން ފައްކާކުރާށެވެ!

ޝެއިޚް މުހައްމަދު ލަތީފް 

މީގެ އިތުރުން، މަހުލޫފްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ދީނީ ޢިލްމުވެރިޔާ ޝެއިޚް ސައުދާން ކުރެއްވި ޓުވީޓެއްގައި ވަނީ، ކެސީނޯ ހުޅުވުމަށްޓަކައި، ރަލާއި ރިބާ ހުއްޖަތަކަށް ހަދާފަ ވާހަކަދެއްކުމަކީ، އިސްލާމަކަށްވެހުރެ ކުރުން ހުއްދަ ވާނެކަމެއްނޫން ކަމަށެވެ.  

ރާވެސް، ރިބާވެސް، ކެސީނޯވެސް ޙަރާމް! އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން މަޝްވަރާކޮށްގެން ނިންމަން ވެއްޖެނަމަ އިސްލާމް ދީނެއް ނޯއްނާނެ.

ޝެއިޚް ސައުދާން

މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ޢިލްމުވެރިންނާއި ޢާއްމުންގެ ނުރުހުން މަހްލޫފް ގެ މިވާހަކަތަކަށް ވަނީ އަމާޒުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.