މެމްބަރު ނިޔާޒު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2022 | 17:37
މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ ބަލާނެކަމަށް ނިޔާޒުގެ އިންޒާރެއް!

މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ ބައްލަވާނެކަމަށް ވިދާޅުވެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އިންޒާރު ދެއްވައިފިއެވެ. 

ނިޔާޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެގަނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވާ ދެއްކެވި ވާހަކައެއްގައެވެ. 

އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކުމުގެ ވިޔަފާރި ކުރަމުންދަނީ ގަވައިދާއި ޚިލާފަށްކަމަށެވެ. ސިޓީ ކައުންސިލުން ގަސް ވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވަދެފައިވާކަން ފާހަގަކުރައްވާ އެކަމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއްވެސް ނިޔާޒު ވަނީ އަމާޒުކުރައްވާފައެވެ. 

އެގޮތުން ނިޔާޒު ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް ވިޔަފާރި ކުރަން ވާނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީކޮށް އެ ކުންފުނީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަސް ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދީފައި ވަނީ ސައި ހޮޓާތައް ހިންގުމާއި ކުދި އާންމު ވިޔަފާރިތަކަށް ވަދެވޭ ގޮތަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްއިން ވިޔާފަރިކުރަން ރަޖިސްޓްރާ އޮފް ކޮމްޕެނީސްއިން ހުއްދަ ދީފައި ނުވާ އިރު އެ ވިޔަފާރި ކުރަނީ ކޮން އުސޫލަކުން ކަމެއް ނޭނގޭ ކަމަށެވެ.

އެ ވާހަކަތަކާއި ގުޅުވާ އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ގަސްވިއްކާ މައްސަލަ ބައްލަވާނެކަމަށެވެ. 

މާލޭ ސިޓީ ކައުންސިލްއިން ވަނީ އެ ކައުންސިލްއިން ހިންގަން ނިންމާފައިވާ “އެއް ލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓައި ހައްދައި ގަސް ވިއްކަން މާލޭގެ ކާނިވާ ސަރަަހައްދުގައި ފިހާރައެއް ހުޅުވާފައެވެ.

މާލޭ ސިޓީ ކައުންސލުން ގަސް ވިއްކާތީ ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުވަނީ ރައްދުވެސް ދެއްވާފައެވެ. 

މޭޔަރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކުމުގެ ވިޔަފާރި ކުރުމަކީ އޭގެ ސަބަބުން އެ ވިޔަފާރިކުރާ އެހެން ފަރާތްތަކަށް ގެއްލުންވާނެ ކަމެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. 

ކޮމެންޓް
އަލީރަޝީދު
މާލޭ ސިޓީ ކައުންސިލްގައި ތިއްބެވީ ލާރިއާއި ހެދި މޮޔަވެފައިތިބި ބަޔެކެވެ. ހުރިހާ ކައުންސިލަރުން ކޮންމެވެސް ޕްރޮޖެކްޓަކުން ކަޓުޖެހުން ނޫންކަމެއް ނެތެވެ. އެއީ މިސްކިތެއްގައި ތަށިމުށިޖެހުންކަމަށް ވިޔަސްހެޔޮއެވެ.
11 Oct 2022
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.