ހިންނަވަރާއި ނައިފަރު ގުޅާލަން ބޭނުން: ރައީސް ނަޝީދު

12 Jan 2019 | 13:06

ޅ.ހިންނަވަރާއި އެ އަތޮޅުގެ ނައިފަރު ގުޅުވާލަން ބޭނުންފުޅުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ އިން ބާއްވާ ޕްރައިމަރީގައި ހިންނަވަރު ދާއިރާގެ ޓިކެޓަށް ވާދަ ކުރައްވާ ޖީހާން މުހައްމަދުގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ހިންނަވަރާއި ނައިފަރު ގުޅުވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. މީގެ ތެރޭގައި ފެލިވަރާއި މަޑިވަރާއި އަދި ނައިފަރު އެއްމަގަކުން ގުޅުވާލުން ހިމެނޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިރާދަކުރެއްވިއްޔާ މި އަމާޒު މި ފަސް އަހަރުގެ ތެރޭގައި ކާމިޔާބު ވެގެން ދާނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހިންނަވަރަކީ 10000 މީހުންގެ އާބާދީއެއް އޮތް ރަށަކަށް ހެދޭނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރޭ އެމަނިކުފާނު ވަނީ ހިންނަވަރުގައި ގެސްޓް ހައުސް ވިޔަފާރި ތައާރަފް ކުރާނެ ކަމަށާއި އޭގެ ފައިދާ ލަސްތަކެއް ނުވެ ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް