މައިނޯރިޓީ ލީޑަރު ސަލީމު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
12 Oct 2022 | 11:31
ރައީސް ސޯލިހުއަކީ ކުރިން ރަނގަޅު ބޭފުޅެއް: ސަލީމު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަކީ ކުރިން ވަރަށް ރަނގަޅު ބޭފުޅެއްކަމަށާއި، އެމަނިކުފާނު ހަލާކުކޮށްލީ ހުޝާމަތުކޮށްގެންކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ބ. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ. 

ސަލީމު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، ކައުންސިލްތަކުގެ އިންތިޚާބަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުންނެވެ. 

އެ ބިލަށް ބަހުސްކުރައްވަން ފައްޓަވަމުން ސަލީމު ވިދާޅުވީ އެ ބިލަކީ މަޖިލީހުގެ 87 މެމްބަރުން ބަހުސްކުރުމަށް މަޖިލީހަށް ހުށައަޅާވަރަށްވުރެ މާ ކުޑަ އިސްލާހެއްކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންވެސް ނިންމަވާލެއްވޭނެ ވަރުގެ ކަމެއްކަމަށެވެ. 

އެއަށްވުރެ ބާ ބޮޑެތި ކަންކަން ރައީސް ސޯލިހު ގަރާރު ނެރުއްވައިގެން ތަންފީޒުކުރަމުންދާކަމަށް ސަލީމު ވިދާޅުވިއެވެ. ބޮޑުކަންކަމުގެ ގޮތުގައި ސަލީމު އިޝާރަތްކުރެއްވީ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓު ކެމްޕެއިން ހުއްޓުވުމަށް ރައީސް ސޯލިހު ނެރުއްވި ގަރާރަށްކަމަށް ބެލެވެއެވެ. 

އެކަން ފާހަގަކުރައްވާ ސަލީމު ވިދާޅުވީ ރައީސް ސޯލިހުއަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްކަމަށެވެ. އަދި މަޖިލީހުގައި މަސައްކަތްޕުޅު ކުރެއްވިއިރު އެމަނިކުފާނަކީ ވަރަށް ރަނގަޅު ބޭފުޅެއްކަން ސަލީމު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބަޔަކު ރައީސް ސޯލިހު ހަލާކުކޮށްލެއްވީ އެމަނިކުފާނަށް ހައްދެއް ނެތް މިންވަރަށް ހުޝާމަތުކުރައްވައިގެންކަމަށެވެ. 

"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިތާ އަޅުގަނޑުމެންނާއި އެކީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި.  ވަރަށް ރަނގަޅު ބޭފުޅެއް.  އެހެން ނަމަވެސް ހުށާމަދުކޮށްގެން އެމަނިކުފާނުވެސް މުޅިން ހަލާކޮށްލައިފި" 

މައިނޯރިޓީ ލީޑަރު ސަލީމު

ސަލީމުގެ ވާހަކައިގައި ވަނީ ކީރިތި ރަސޫލާގެ ސިޔަރަތުން މިސާލު ނަންގަވައި ހުޝާމަދތުކުރުމުގެ ނުބައިކަމަށްވެސް އަލިއަޅުވާލައްވާފައެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވިގޮތުގައި ސިޔާސީ މައިދާނަށް ނިކުން ކޮންމެ މީހެއްގެވެސް ހުންނަނީ ކުރު މުއްދަތެއްގެ ތެރޭގައި އާރާއި ބާރު ހޯދުމުގެ ނުބައި ވިސްނުމެވެ. އިއްޔެ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުން މިއަދު ވެރިކަމަށް ފައިންނަގަވާއިރު، ވެރިކަން ލިބުމުން މާދަށް އެއަށްވުރެ ބޮޑު ބާރެއް ހޯދުމުގެ ދަހިވެތިކަންވެސް ހުރެދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

އެފަދަ ފަރާތްތަކުގެ ތަބީއަތު ސަލީމު ވަނީ ފިރުއަނުގެ މިސާލުން މިސާލު ނަންގަނާ ބަޔާންކުރައްވާފައެވެ. އަދި އެފަދަ ފަރާތްތަކުގެ އެ ސިފަތަކާއި ދޭތެރޭގަައި ފުންކޮށް ވިސްނަން ޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ރައީސް ސޯލިހު ހަލާކުވެގެން ދިޔައީ ހުޝާމަތުކުރުމުގައި ހައްދުފަހަނައަޅައި ދިއުމުންކަމަށް ސަލީމު ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު ވަނީ މި ވެރިކަމަކީ ކީރިތި މާތް ނަބިއްޔާ ކުރެއްވި ފަދަ ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް އިމްރާނަށް ފާޑުކިޔުންތައްވެސް ވަނީ އަމާޒުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.