ގާސިމް އިބުރާހިމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
12 Oct 2022 | 13:30
ބިލުތައް ބޭރުކުރިޔަށް ގާސިމް ކުރައްވާ އިޚުލާސްތެރި މަސައްކަތް ފަނޑެއް ނުކުރެވޭނެ: ޖޭޕީ

ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ހުށައެޅުއްވި ބިލުތައް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލެއްވި ނަމަވެސް ގާސިމް ކުރައްވަމުން ގެންދަވާ އިޚުލާސްތެރި މަސައްކަތް ފަނޑުކޮށް ނުލެވޭނެކަމަށް ޖުމްހޫރީ ޕާޓީއިން ބުނެފިއެވެ. 

އެމްޑީޕީ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އިއްޔަ ވަނީ ގާސިމް އިބުރާހިމް ހުށައެޅުއްވި 3 ބިލެއް ބަލައިގަންނަން ނުފެންނަކަމަށް ވޯޓުދެއްވާ މަޖިލީހުން ބޭރުކޮށްފައެވެ. 

ގާސިމް ހުށައެޅުއްވި ބިލުތަކުގެ ތެރޭގައި ހިމެނެނީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަަށް ދޭ އަބަދު ބޮޑުކުރުމަށް ހުށައެޅުއްވި ބިލަކާއި، އެއް ޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށެއްކަމުގައި ކަނޑައެޅުއްވުމަށް ހުށައެޅުއްވި ބިލުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރު ނުވާގޮތަށް ހުށައެޅުއްވި ބިލެކެވެ. 

އެ ތިން ބިލުވެސް އިއްޔެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. 

އެ ކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ގާސިމް މަޖިލީހަށް ހުށައެޅުއްވި ބިލުތަކަކީ އޮއްޓަރުހުރި ބިލުތަކެއްކަން ރައްޔިތުން ގަބޫލުކުރާނެކަމަށެވެ. އަދި އެއީ ރާއްޖޭގެ މަސްލަހަތާއި ގުޅުންހުރި މުހިންމު ބިލުތަކެއްކަމަށެވެ. 

އެހެން ނަމަވެސް އެ ބިލުތަކަކީ މުހިންމު ބިލިތަކެއްކަމަށް މަޖިލީހުގެ މެމްބަރުންނަށް ފެނިނުލެއްވިކަމީ ދެތަކަމެއްގެ ގޮތުގއި ސޯލިހު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، މަޖިލީހުގައި މިހާރު ކަންކަން ހިނގަމުންދާ ގޮތުން ގާސިލް ހުށައެޅުއްވި ބިލުތައް ބަލައިނުގެންކަމުގައި ވީނަމަވެސް، އެމަނިކުފާނު ކުރައްވާ އިޚްލާސްތެރި މަސައްކަތަށް ފަނޑުވުމެއް ނާންނާނެކަމަށެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނު ދެމި ހުންނަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ސޯލިހު ވަނީ ވިދާޅުވެފައެވެ. 

ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ސުޕް މެޖޯރިޓީ އޮންނަ ތަނެއްކަމަށް ވުމުން، މުހިންމު ބިލުތައް ބަލައިގަތުމުގައި، އަދި ބިލުތައް ބޭރުކުރުމުގައި އެ އަގުލަބިއްޔަތު ބޮޑު ދައުރެއް އަދާކުރާކަން ގިނަ ޕާޓީތަކުން ފާހަގަކުރެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ އެވަރުގެ އަގުލަބިއްޔަތެއް ދިނުމަކީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ކަމެއްކަންވެސް ސިޔާސީ ޕާޓީތަކުން ގެންދަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.