ގުރައިދޫ ގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
ހަބަރު
13 Oct 2022 | 11:55
ގުރައިދޫ ހުންނަ މަރުކަޒުގައި ލާއިންސާނީ އިހާނެތި ޢަމަލުތައް ހިންގާ!: އެޗްއާރުސީއެމް

ކ. ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ބައެއް ކެއަރވޯކަރުން (ބަލިމީހުން ބަލަހައްޓާ މުވައްޒަފުން) ލާއިންސާނީ އިހާނެތި ޢަމަލު ހިންގާކަން ހާމަވެއްޖެއެވެ. 

މިކަން ހާމަވެފައި ވަނީ، ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން، ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބައިތިއްބާ މަރުކަޒުތަކުގެ ކަންތައްތައްރޭވި، ހިނގަމުންދާގޮތާއި މިފަދަ ތަންތާގައި ބައިތިއްބާފައިތިބޭ މީހުންނާމެދު ޢަމަލު ކުރެވޭގޮތާއި، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާއި މުވައްޒަފުންގެ އާންމު ޙާލަތު ދެނެގަތުމަށް 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ން 8 ވަނަ ދުވަހަށް ކ. ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި މޮނިޓަރިންގ ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުންނެވެ. 

އެޗްއާރުސީއެމްގެ އެ ރިޕޯޓުގައި ވާގޮތުން، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ބައެއް ކެއަރވޯކަރުން (ބަލިމީހުން ބަލަހައްޓާ މުވައްޒަފުން) ލާއިންސާނީ އިހާނެތި ޢަމަލު ހިންގާކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި، މަރުކަޒުން ބަލަހައްޓަމުންދާ ޢުމުރުން ދުވަސްވީ މީހުން މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން ބަލި މީހުންނާ ދިމާލަށް ބޭއަދަބީ، ހަޑިހުތުރު ބަހުން މުޢާމަލާތު ކުރާކަމަށާއި، ބަލި މީހުންނާ ދޭތެރޭގައި އަނިޔާވެރިގޮތަށް ޢަމަލުތައް ބަހައްޓާކަމަށް އެ މީހުންނާއި ހަވާލާދީ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

އަދި، މަރުކަޒުން ފަރުވާހޯދަމުންދާ ބައެއް ބަލިމީހުން އެހެން ބަލިމީހުންނަށް ޖިންސީ ފުރައްސާރަކުރާކަން ބަލިމީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުންނާއި އެކޮމިޝަނުން ވޯޑުތަކަށް ކުރި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ. 

މީގެއިތުރުން، ބަލިމީހުންނަށް ޖިންސީގޯނާކުރާ ބަލިމީހަކު މަރުކަޒުގައި އުޅޭކަމާއި، އެ ބަލިމީހާއަށް ތަކުރާރުކޮށް ނަސޭހަތްދީފައިވާކަމާ އަދި މި ބަލިމީހާގެ ވާހަކަ އޮފީހަށްވެސް އަންގާފައިވާކަމަށް ކެއަރވޯކަރުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް މިކަމަށް އެކަށޭނަ ޙައްލެއް ލިބިފައިނުވާކަމަށް މުވައްޒަފުން ދީފައިވާ މަޢުލޫމާތުންނާއި ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށްވެސް ވެއެވެ.

ކަން މިހެން ހުރި އިރު، މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި ދޭތެރޭގައި ހިނގާ ލާއިންސާނީ މިފަދަ ޢަމަލުތަކާ ގުޅޭގޮތުން ބަލިމީހުން ކުރާ ޝަކުވާތަކާ ގުޅޭ ލިޔެކިއުންތަކާއި މިފަދަ މައްސަލަތަކާ ގުޅޭގޮތުން މަރުކަޒުން ޢަމަލުކޮށްފައިވާ ގޮތެއް ލިޔެކިއުމުން ފެންނަން ނެތްކަންް އެ  ކޮމިޝަނުން ލިޔެކިއުންތައް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަަމަށް އެ ރިޕޯޓްގައިވެއެވެ. 

މީގެ އިތުރުން، މަރުކަޒުގެ ގޯތިތެރެއާއި ގޯތީގެ ބޭރު މޮނިޓަރކުރުމަށް ކްލޯޒްޑް ސަރކިޓް ޓެލެވިޜަން (ސީ.ސީ.ޓީ.ވީ) ކެމެރާ ހަރުކޮށްފައިވީ ނަމަވެސް ވޯޑުތަކުގެ އެތެރެ ފެންނަގޮތަށް ކެމެރާ ނެތުމުގެ ސަބަބުންނާއި، މުވައްޒަފުން މަދުވުމުގެ ސަބަބުން ވޯޑުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާގޮތަކަށް ބަލިމީހުން މޮނިޓަރކުރާނެ ގޮތެއްނެތުމުގެ ސަބަބުން މުވައްޒަފުންނަށް ބަލިމީހާ ފެންނައިރު އަނިޔާއެއް ލިބިފައިހުންނަ ފަހަރު ގިނަކަމަށާއި، ނަމަވެސް އަނިޔާ ލިބުނީ ކިހިނެއްކަން އެނގޭނެގޮތެއް ނެތްކަން ހާދިސާ ރިޕޯޓުތައް ބެލިބެލުމުން އެޗްއާރުސީއެމަށް  ފާހަގަކުރެވިފައިވާ ކަމަށް ވެއެވެ. 

އެ ރިޕޯޓުގައި އިތުރަށް ބުނީ، އެއް ބަލިމީހަކު އަނެއް ބަލިމީހަކަށް އަނިޔާކުރާކަމާއި، ބަލިމީހުން އަމިއްލަ ނަފްސައް އަނިޔާކުރާކަމާ އަދި ޢާއިލާތަކުން ބަލިމިހާއަށް ފޯނުނުކުރާތީ އަމިއްލަ ނަފްސައް އަނިޔާކުރާކަން ހާދިސާ ރިޕޯޓުތައް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށާ، ލިޔެކިއުންތައް ބެލިބެލުމުން 2021 ވަނަ އަހަރު 36 ހާދިސާ ރިޕޯޓު ފައިލްކޮށްފައިވާކަމާށާ، އަދި 2022 ވަނަ އަހަރުގެ ފެބުރުވަރީގެ ނިޔަލަށް 6 ހާދިސާ ރިޕޯޓު ފައިލްކޮށްފައިވާކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާއެކު ބަލިމީހުން ބެލެހެއްޓުމުގެ މައްސަލައަށް ޙައްލުކުރުމުގެ ގޮތުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބަލިމީހުން ޤަވާއިދުން މޮނިޓަރ ކުރެވޭނެ ނިޒާމެއް މަރުކަޒުގައި ގާއިމްކުރުމަށް 2014 ވަނަ އަހަރުުއެޗްއާރުސީއެމް އިން މަަރުކަޒަށްް ކުރި ޒިޔާރަތާއި ގުޅިގެން ތައްޔާރުކޮށް ކަމާގުޅޭ އިދާރާތަކާ ޙިއްސާކޮށްފައިވާ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ. 

މީގެއިތުރުން، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ކެއަރވޯކަރުން ލާއިންސާނީ އިހާނެތި ޢަމަލު ހިންގާކަން 2016 ވަނަ އަހަރުގައި ކޮމިޝަނުން މަރުކަޒަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވި އެފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ މުވައްޒަފުންނާ ދޭތެރޭގައި ފިޔަވަޅުއަޅައި އެކަން ލިޔެކިއުމުން ބެލެހެއްޓުމަށް ވެެެސްް ހުށަހަޅާފައިވާކަމަށް ރިޕޯޓްގައިވެއެވެ. 

ހަމައެއާއެކު، މަރުކަޒުގެ ސެކިއުރިޓީ އެންމެއެދެވޭ ގޮތެއްގައި ބެލެހެއްޓުމަށް ކެމެރާ ސިސްޓަމްތައް ޤާ އިމްކުރުމަށް 2019 ވަނަ އަހަރު ކޮމިޝަނުން މަރުކަޒަށް ކުރި މޮނިޓަރިންގ ޒިޔާރަތާއި ގުޅިގެން ތައްޔާރުކޮށް ކަމާގުޅޭ އިދާރާތަކާ ޙިއްސާކޮށްފައިވާ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ. 

ނަފްސާނީ ބަލިމީހުން ޙިމާޔަތް ކުރުމުގައާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފޯރު ކޮށްދޭ އެހީތެރިކަ މުގައި ގެންގުޅޭ އުސޫލު ތަކުގައި ހިމެނޭ ، 8 ވަނަ މާއްދާކަމުގައިވާ "އެހީތެރިކަ ން ފޯރުކޮށްދިނުމުގައި ގެންގުޅޭ މިންގަޑު" ގެ 2 ވަނަ ޕެރެގްރާފްގައިވާ ގޮތުގެމަތިން ، ކޮންމެ ބަލިމީހެއްވެސް ކުރިމަތިވެދާނެ ގެއްލުމަކުން ޙިމާޔަތް ކުރެވެންޖެހެއެވެ.

މީގެތެރޭގައި ، ބައްޔާ ނުގުޅޭ ބޭސްދިނުން، އެހެން ބަލިމީހުންގެ ފަރާތުން ގޯނާކުރުން ނުވަތަ މުވައްޒަފެއްގެ ފަ ރާތުން ގޯނާކުރުން ނުވަތަ މުވައްޒަފެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ހިތް ނުތަނަވަސްވާ ފަދަ އެހެން ޢަމަލުތައް ނު ވަތަ އެފަދަ ޢަމަލަކާއި ގުޅިންގެން ދިމާވާ ޖިސްމާނީ އުދަގޫތައް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.