އެލޯވެރާ ފަތް-- ފޮޓޯ: ގޫގުލް
ލައިފްސްޓައިލް
21 Oct 2022 | 07:50
ހަންގަނޑު ރީތި ކުރުމަށް އެލޯވެރާ ބޭނުން ކުރެވިދާނެ ބައެއް ގޮތްތައް!

އެލޯވެރާ އަކީ ވަރަށް ގިނައިން ގޭގޭގައި ހައްދާފައި ހުންނަ، އެތައް ފައިދާ ތަކެއް އޭގައި އެކުލެވޭ ގަހެކެވެ. އެގޮތުން، ޒަމާނުއްސުރެވެސް އިސްތަށިގަނޑާއި ހަންގަނޑަށް ކުރިމަތިވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް އެލޯވެރާ އަންނަނީ ބޭނުންކުރަމުންނެވެ. އަދި ހަންގަނޑާއި އިސްތަށިގަނޑަށް ފަރުވާ ކުރުމަށް ތައްޔާރު ކުރެވިފައި ހުންނަ ވަރަށް ގިނަ ޕްރޮޑަކްޓްސްތަކުގައި އެލޯވެރާ ހިމަނާފައި ހުރެއެވެ.

އެލޯވެރާއިން ހަންގަނޑަށް ލިބޭ ބައެއް ފައިދާތައް:

• އެލޯވެރާ ގަހުގެ ފަތަކީ 98 އިންސައްތަ ފެން އޭގައި ހިމެނޭ ފަތެކެވެ. އެހެން ކަމުން އެ ހަންގަނޑުގައި އުނގުޅުމުން ހަންގަނޑު ހިކުމުން ދުރުކޮށްދީ، މޮއިސްޗަރައިޒް ކޮށް ބެހެއްޓުމަށް އެހީވެދެއެވެ. 

• އެލޯވެރާ ޖެލްއަކީ ވިޓަމިން ސީ، ވިޓަމިން އީ އަދި ބީޓާ ކެރޮޓީން މާއްދާއިން މުއްސަނދިވެފައިވާ ޖެލް އެކެވެ. އޭގެ ސަބަބުން، އުމުރުން ދުވަސް ވުމުގެ ސަބަބުން ހަންގަނޑުގައި ޖެހޭ ރޫ ފިލުވައިދެއެވެ. އަދި ހަންގަނޑު ކަޅުވުމާއި، ހަންގަނޑުގައި ނަގާ ކަޅުކުލައިގެ ލަކުނުތައް ފިލުވުމަށްވެސް އެލޯވެރާ ޖެލް އެހީވެދެއެވެ. 

• ލޯ ކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. އެ މައްސަލަ ހައްލުކުރުމަށް ވެސް އެލޯވެރާ ޖެލް އަކީ ހަމަ ބަރާބަރު އެއްޗެކެވެ.

• އެލޯވެރާ އަކީ ހަންގަނޑު ރިޕެއަރ ކޮށްދޭ ގިނަ މާއްދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ. އެގޮތުން ހަންގަނޑުގައި ހުންނަ ސެލްތައް އުފެދުން އަވަސްކޮށްދީ, ހަންގަނޑު ދުޅަވެ، ރަތް ވުމުން ސަލާމަތް ކޮށްދީ މޫނުގައި ނަގާ ބިހި ފިލުވުމަށް ވެސް އެފަތުން އެހީވެދެއެވެ. އެހެންކަމުން، އެއީ ލަކުނު ފިލުވުމަށާއި, ސްޓެރެޗް މާކް ފިލުވުމަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ. 

ހަންގަނޑު ރީތި ކުރުމަށް އެލޯވެރާ ބޭނުން ކުރެވިދާނެ ބައެއް ގޮތްތައް؛

1) އެލޯވެރާ ފަތުގައި ހުންނަ ޖެލް އެއްވެސް އިތުރު އެއްޗަކާއި އެކުނުލަވައި މޫނު ގަޔާއި، ކަރުގައި އުނގުޅުން. 

2) ދެ މޭޒުމަތީ ސަމުސާ އެލޯވެރާ ޖެލްއަށް ކުޑަ ސީ ސޯލްޓް ކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ. ދެން އޭގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ މާމުއި އެޅުމަށްފަހު އެކުލަވާށެވެ. މިއީ ބޮޑީ އެންޑް ފޭސް ސްކްރަބް އެއްގެ ގޮތުގައި މޫނާއި ގައިގައިވެސް އުނގުޅިދާނެއެވެ. މަޑުމަޑުން އުނގުޅާކުމަށްފަހު ތާފަނާ ފެނުން ހަންގަނޑު ދޮވެލާށެވެ. 

3) 1 މޭޒުމަތީ ސަމުސާ އެލޯވެރާ އާއި, 1 މޭޒުމަތީ ސަމުސާ މާމުއި އައި 2 މޭޒުމަތީ ސަމުސާ ރޯސްވޯޓާ އެކުލަވައިލާށެވެ. ރަނގަޅަށް ޕޭސްޓް އެއް ހެދުމުން މާސްކެއް ގޮތަށް މޫނުގައި އުނގުޅާލާފައި 20-10 މިނެޓް ވަންދެން ބަހައްޓާށެވެ. ދެން ތާފަނާ ފެނުން މުނު ދޮވެލާށެވެ. ލަކުނު ފިލުވަން ބޭނުންވާ ފަރާތްތަކުން މި ޕޭސްޓް ކޮންމެ ހަފުތާއަކު ވެސް އެކި ފަހަރުމަތިން ބޭނުން ކުރެވިދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.