ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު
ހަބަރު
21 Oct 2022 | 19:53
މިހާރު ހުޅުމާލޭގެ މިސްކިތްތަކުން ނަމާދު ކުރާ އަޑު ބާރަށް އިވޭނެ: ޝުޖާއު

މިހާރު ހުޅުމާލޭގެ މިސްކިތްތަކުން ބަންގީގެ އަޑާއި ނަމާދު ކުރާ އަޑު ބާރަށް ބޭރަށް އިވޭނެ ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރ ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ‏ހުޅުމާލޭގެ މަސްޖިދުލް ޢުމަރު ބިން ޚައްޠާބު މިސްކިތުގެ ސައުންޑު ސިސްޓަމް މިހާރު ވާނީ ރަނގަޅު ކޮށްފައި ކަމަށެވެ. ޝުޖާއު ވިދާޅުވީ މިސްކިތުގެ ބޭރާއި އެތެރޭގެ ސައުންޑަށް ދިމާވި މައްސަލަ އެއްކޮށްވާނީ ހައްލުކުރެވިފައި ކަމަށެވެ.

މީގެ އިތުރުން މިސްކިތްތަކަށް ދިމާވާ މައްސަލަ ތަކަކީ މާލޭސިޓީ ކައުންސިލާއި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަންކަން ކަމަށްވެސް ޝުޖާއުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން މާލޭސިޓީގެ މިސްކިތްތައް ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ބަލަހައްޓަމުން ގެންދަނީ މާލޭސިޓީ ކައުންސިލުންނެވެ. އެހެންނަމަވެސް އޭގެ ތެރެއިން ކިންގް ސަލްމާން މިސްކިތާއި، އިސްލާމީ މަރުކަޒު ފަދަ ބައެއް މިސްކިތްތައް ބަލަހައްޓަމުން ގެންދަނީ އިސްލާމިކް މިނިސްޓްރީ އިންނެވެ.

މާލޭސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި މާލެ ސަރަޙައްދުގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު މިސްކިތްތައް ބެލެހެއްޓޭނެ ނިޒާމު މިހާރު ވަނީ ޤާއިމު ކޮށްފައެވެ. އަދި ޚާޢްޞަ އިސްކަމެއްދެއްވައިގެން ކޮންމެ ދުވަހަކުވެސް މިސްކިތްތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތްތައްވެސް މާލެ ސިޓީކައުންސިލުން ދަނީ ކުރަމުންނެވެ.

ކޮމެންޓް
އަލިހޮއްކޮ
ހުޅުމާލޭ ބޮޑު މިސްކިތުގެ ފުރާޅުން ވާރޭފެންނުފައިބާގޮތް ހަދާބަލާށެވެ. ކުރަންޖެހޭ ކަންކަން ހުއްޓާ ތަށިމުށިގަޑެއް ނައްޓާ އެޖަހާ، ރަގަޅުދޮރުތަކެއް ބަދަލުކޮށް ތިބަލަނީ ކަޓް ނެގޭތޯއެވެ. ތިޔައީﷲގެ މިސްކިތަށް މަކަރާދޮގު ހަދާމީހަކެވެ.
21 Oct 2022
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.