އޯގާންޒާ ފިހާރައިން ލިބެންހުންނަ ބައެއް ހޫޑީސް--ފޮޓޯ: ވޮއިސް
ވިޔަފާރި
30 Oct 2022 | 13:20
ތަފާތު އެކި ޑިޒައިންތަކުގެ ރީތި ހޫޑީސް އާއި މެކްސީ ޑްރެސް އޯގާންޒާ އިން!

އަންހެން ކަނބަލުން ގަޔާވާ، ތަފާތު އެކި ރީތި ޑިޒައިން ތަކުގެ ހޫޑީސް އާއި މެކްސީ ޑްރެސް ހެޔޮ އަގުގައި އޯގާންޒާ ފިހާރައިން ލިބެންހުންނާނެ ކަަމަށް އެ ފިހާރައިން ބުނެފިއެވެ. 

އަންހެނުންނަށް ޚާއްސަ ކޮށްގެން ދާދިފަހުން މާލޭގައި ހުޅުވި މި ފިހާރައިން 3 ކުއާޓަރ ހެދުމާއި އަދި އެއްކޮށް ދިގު ހެދުމާއި ، އެކި ޑިޒައިން ތަކުގެ، އެކި ކުލަ ކުލައިގެ، އަތް ދިގު މެކްސީ ޑްރެސް ވަރަށް ހެޔޮ އަގުގައި ލިބެން ހުރެއެވެ. އަދި މީގެ އިތުރުން، ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ހޫޑީސް ގެ ވެސް އެކި ޑިޒައިން ތަކާއި އަލަށް ރާއްޖޭގެ މާރކެޓައް އާ ޑްރެސް ސެޓްވެސް ގިނަ ކުލަތަކުން އެ ފިހާރައިން ލިބޭނެއެވެ.  

ހޫޑީސް އާއި މެކްސީ ޑްރެސް ގެ އިތުރުން "އޯގާންޒާ" ފިހާރާއިންޒަމާނީ ފެޝަންތަކުގެ  ޓޮޕާއި ޖިންސް އާއި ބުރުގާ އަދި އަންޑާ ގާމެންޓްސް ލިބެންހުރެއެވެ. އަދި ހަމަ އެހެންމެ، ނިގާބް އަޅާ ފަރާތްތަކުން ބޭނުންކުރާ ސާމާނު ވެސް އޯގާންޒާ އިން ހެޔޮ އަގުގައި ލިބޭނެއެވެ.

މީގެ އިތުރުން، މިހާރުގެ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އެކި ޑިޒައިންތަކުގެ ރީތި ފޮއްޗާއި ހެދުން ފެހުމަށް ބޭނުންކުރާ ސާމާނުތަކާއި އެއާ ގުޅުންހުރި ތަފާތު ބާވަތްތައްވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ރޭނދާ, ކަސަބު, ޒިބު، ގޮށް، ވެލިފޮތި، އަދިވެސް އިތުރު ފެހުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. އަދި ހަމަ އެހެންމެ އެކި ޑިޒައިން ތަކުގެ ބެޑްޝީޓް ފަހާ ފޮތިވެސް އޯގާންޒާ ފިހާރައިން ލިބެންހުންނާނެއެޗެ. 

އަންހެނުންގެ ބޮލު އަޅާ ތޮފިން ފެށިގެން، އަރާ ފައިވާނަށް ދާންދެންވެސް ލިބެން ހުންނަ މި ފިހާރައިގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ބުރުގާ އާއި ތަފާތު ގިނަ ޑިޒައިންތަކުގެ ހެއަރ އެކްސަސަރީޒް ރާއްޖޭގެ މާރކެޓުން ލިބެހުރި އެންމެ ހެޔޮ އަގުގަ ލިބެންހުންނާނެއެވެ.

އޯގަާންޒާ” ހުންނާނީ ސޯސަންމަގު، އިބްރާޙިމް މިސްކިތް ހުރަސް ކޮށް ދާއިރު އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7816688 ގުޅާލުމުން ލިބޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.