ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ކައުންސިލް މެމްބަރު ހަސަން މުގުނީ
ހަބަރު
30 Oct 2022 | 11:22
ގާސިމްގެ ތާއީދު ނުލިބުނު ނަމަ ރައީސް ޔާމީންއަށް ވެރިކަމަށް ނާދެވުނީސް:މުޣުނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ނުލިބުނު ނަމަ ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވެރިކަމަށް ނާދެވުނިސްކަމަށް ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ކައުންސިލް މެމްބަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ. 

މުގުނީ މިފަދައިން ވިދާޅުވެފައިވަނީ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގައި ޕީޕީއެމްއަށް ގިނަ ގޮނޑިތަކެއް ގެއްލުނީ ޖުމްހޫރީ ޕާޓީގެ ސަބަބުންކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަތަކަށް ޓްވީޓާގައި ރައްދުދެއްވަމުންނެވެ. 

އެގޮތުން މުގުނީ ވިދާޅުވީ ޕީޕީއެމްއަށް މަޖިލިސް ނުލިބުނީ ރައީސް ޔާމީން ވެރިކަން ކުރެއްވި ގޮތުގެ ސަބަބުންނެވެ. 

2013 ވަނަ އަހަރު ރައީސް ޔާމީންއަށް އެއްބުރުން ލިބިލެއްވި ވޯޓުން އެމަނިކުފާނަށް އޮތް ތާއީދު ފެނިގެންދާނެކަމަށް މުގުނީ ވިދާޅުވިއެވެ. އަދި އެ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުވީ، ގާސިމް އިބްރާހިމް ތާއީދުކުރެއްވުމުންކަމަށްވެސް ވިދާޅުވިއެވެ. 

މުގުނީ ވިދާޅުވީ ގާސިމްގެ ތާއީދާއި ނުލާ ރައީސް ޔާމީންއަށް ވެރިކަން ލިބިވަޑައިނުގެންނެވީސް ކަމަށެވެ. އަދި ގާސިމް ތާއީދު ނުކުރެއްވިނަމަ ރައީސް ޔާމީން މިއަދުވެސް ހުންނަވާނީ އެމަނިކުފާނު އުފެއްދެވި ސިޔާސީ ޕާޓީ "ޕީއޭ" ގައި ކަމަށެވެ. އެއީވެސް ރައްޔިތުންގެ ތާއީދު އޮތް ޕާޓީއެއް ނޫންކަމަށް މުގުނީ ވަނީ ސިފަކުރައްވާފައެވެ. 

2013 ވަނަ އަހރުގެ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރެއްވީ ކޯލިޝަންއެއްގެ ތެރެއިން ނަމަވެސް އެމަނިކުފާނަށް އޮތް ތާއީދު އެފަހުން އެތައް ގުނައެއް އިތުރުވެފައިވާކަން 2018 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާއިން ހާމަވެގެންދެއެވެ. 

ރައީސް ޔާމީންއަކީ މިއަދު އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރުކަމަށް އިދިކޮޅުގެ ފަރާތްތައް ގެންދަނީ ބުނަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އެއްބުރުން ކާމިޔާބު ކުރުމަށް މަސައްކަތްތައް ކުރަމުންދާކަންވެސް އެ ޕާޓީއިން ފާހަގަކުރެއެވެ. 

ކޮމެންޓް
ޕޮންޕޮން
ގާސިމް އިބުރާހިމް ތާާއީދު ކަލާންގެ އިރާދަ ފުޅަށްވުރެ މަތި ކޮއްގެން ވާހަކަ ދައްކައިގެން ލާރި ކޮޅެއް ލިބޭތޯ ޓރައި ކޮއްލީ ދޯ
30 Oct 2022
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.