އަރަބިއްޔާގެ ވަގުތީ އިމާރާތް
ހަބަރު
01 Nov 2022 | 21:26
އަރަބިއްޔާ ސުކޫލުގެ އިމާރާތް ހެދުމަށް ބަޖެޓުގައި ހިމަނާފައެއް ނުވޭ

ދިވެހިރާއްޖޭގައި އަރަބި ތައުލީމު ކިޔަވައިދޭ ހަމައެކަނި ސުކޫލުކަމަށްވާ އަރަބިއްޔާ ސުކޫލުގެ އިމާރާތް ހެދުމަށް އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އުމްރާނީ ބައެއް މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ބޮޑު ހޭދައެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

އެގޮތުން ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށް 142 ރަށެއްގައި 195 މަޝްރޫއެއް 2023 ވަނަ އަހަރު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި 21 ރަށެއްގައި ސުކޫލު އިމާރާތާއި ވަސީލަތްތައް ގާއިމުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ. 

އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގއި އަރަބިއްޔާ ސުކޫލުގެ އިމާރާތް ހެދުމަށް ހިމަނާފައި ނުވާކަން ތާރިގު ވަނީ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެކަން އޭނާ ސިފަކުރެއްވީ އެއީ އަރބިއްޔާ ސުކޫލު ވުޖޫދުން ފޮހެލުމަށް މަސައްކަތްކުރުން ކަމަށެވެ. އެކަމާއި ހިތާމަކުރައްވާކަމަށްވެސް ތާރިގު ވަނީ ވިދާޅުވެފައެވެ. 

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތް ހެދުމަށް ބާ ޖަމާލުއްދީން ސަރަހައްދު ސަރުކާރުން ކަނޑައަޅާފައި ވީނަމަވެސް، އިމާރާތައް ގެނެވުނު ބަދަލާއެކު އަރަބިއްޔާއަށް ކަނޑައެޅި ޖާގަ ކުޑަވެފައިވާކަން ފާހަގަކޮށް އަރަބިއްޔާ ސުކޫލުގެ ބެލެވެރިން ގެންދަނީ ކަންބޮޑުވުން ފާލުކުރަމުންނެވެ. 

އަރަބިއްޔާގެ ދަރިވަރުން އެތައް ޚިދުމަތަކުން މަހުރޫމްކޮށްގެން މިހާރުވެސް ވަގުތީ ސުކޫލެއްގައި ކިޔަވައިދެމުންދާއިރު، ދާއިމީ ހިޔާވައްސެއް ފޯރުކޮށްދިނުމަށް ބެލެނިވެރިން ގެންދަނީ ކެނޑިނޭޅި އާދޭސްކުރަމުންނެވެ. 

އަރަބިއްޔާގެ އާ އިމާރާތް މި ދައުރު ނިމެންވާއިރަށް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފއި ވީނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ދުވެހި ހުރި ހިސާބަށް ބަލާއިރު ދައުރު ނިމެންވާއިރަށް ސުކޫލު އިމާރާތް ނިންމާލެވޭނެކަމާމެދު ބެލެނިވެރިން ގެންދަނީ ސުވާލުވެސް އުފައްދަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.