ޝަރީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
01 Nov 2022 | 21:18
ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސުންގެ މައްޗަށް ދައުވާކުރަން ޖެހޭ: ޝަރީފު

ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ކުރީގެ ރައީސުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި، އެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އޭނާ ވިޅާޅުވީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނަކަށް ހެދުމަށް އެ ގައުމުން އެތައް މަސައްކަތެއް ކުރަމުން ދިޔަނަމަވެސް ރާއްޖޭގައި ކުރިން އޮތް ސަރުކާރުތަކުން އެތަން ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. 

މިއަދު ފޯޅަވަހީގެ މައްސަލަ ހޫނުވެ، ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ގޯސްކޮށްފައިވާއިރު، ކުރީގެ އެއްވެސް ވެރިކަމެއްގައި ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ކޮށްފައިނުވާކަމަށާއި، އެ ކަމަށްޓަކައި ކުރީގެ ރައީސުންނަށް ދައުވާ ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 

"ދިވެހިރާއްޖޭގެ ވެރިކަމުގެ ތިއްބެވި ބޭފުޅުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިއްބެވި ބޭފުޅުން އެބަ ވިދާޅުވޭ ތިމަންނާމެންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވައޭ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން. މިބޭފުޅުންނަށް އެނގިވަޑައިގެން ތިއްބަވާ އެއްވެސް ފިޔަވަޅެއް ނާޅުއްވާ ވޭތުވެދިޔަ 50 އަހަރު މޮރިޝަސްއިން ފޯޅަވައްސާއި މެދު ދައުވާކޮށް ދުނިޔޭގެ އޮތިއްޔާ އޮތްހާ ކޯޓަކަށް ގޮސް، ޔުނައިޓެޑް ނޭޝަންގެ ކަމިޝަނެއް އޮތިއްޔާ އެ ކަމިޝަނަށް ގޮސް، ބައުންޑަރީއާއި ބެހޭ ތަނެއް އޮތިއްޔާ އެތަނަކަށް ގޮސް، ޓްރައިބިއުނަލެއް އޮތިއްޔާ އެތަނަކަށް ގޮސް، ކާމިޔާބުކޮށް ޔޫރަޕުގެ އޮތްހާ ކޯޓަކުން އިނގިރޭސިވިލާތުގައި އޮތް ހާ ކޯޓަކުން، އަދި ޔުނައިޓެޑް ނޭޝަންސްގެ އޮތް އިންޓަނޭޝަނަލް ކޯޓަކުންވެސް ހުކުން ކޮށް ނިމުނީމަވެސް ހަމަ އަޅާވެސް ނުލައްވާ، ކަހާތަން ހިރުވާވެސް ނުލައްވާ، މި ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން އެބަޖެހޭ"

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު 

ފޯޅަވަހި މައްސަލައިގައި ސަރުކާރުން މޮރިޝަސްކޮޅަށް ޖެހުމުން ކުރީގެ ރައީސުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް އެބޭފުޅުން ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އިރު އެކަމަށް އެއްވެސް ވަރަކަށް އަޅާލާފައި ނުވާކަމަށް ޝަރީފު ވިދާޅުވިއެވެ. 

އަދި އޭރުު ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ އެ މައްސަލައާއި ގުޅިގެން ފިޔަވަޅު ނާޅުއްވާ ތިއްބެވި ހުރިހާ ފަރާތްތައް މިކަމުގެ ޒިންމާ ނަގަން ޖެހޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. 

ކޮމެންޓް
ރަސީ
ވަރައްބޮޑު ތެދެއް ޟަރީފު ތިވިދާޅުވީ ތާއީދު ތާއީދު އެކަމަކު މަލިކު އަދި ފޯޅަވަހި ދިވެހިރާއްޖޭގެ ބެލުމުގެދަށުގައި އޮންނަންޖެހޭ
02 Nov 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.