އަފީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
02 Nov 2022 | 11:08
ސަރަހައްދުން ބައެއް ގެއްލޭ ނިންމުމެއް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނުނިންމޭނެ: އަފީފު

ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އެއްވެސް ނިންމުމެއް އަމިއްލަފުޅަށް ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ. 

އަފީފު މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށައަޅާފައިވާ ގަރާރަކަށް ވާހަކަދައްކަވަމުންނެވެ. 

އެ ގަރާރަށް ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ މިހާރު އުފެދިގެން މި އުޅޭ ބަހުސަކީ ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތު ހިނގާ ތަނެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސެއް ނޫންކަމަށެވެ. މައްސަލައަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތް ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތު ހިނގާ ތަނެއްކަމަށް ގަބޫލުފުޅުކުރައްވާ ފޮނުވި ސިޓީފުޅުކަމަށް އޭނާ ވިދާޅުވިއެވެ. 

އަފީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެ ސިޓީފުޅަކީ ގާނޫނު އަސާސީގެ 3 ވަނަ މާއްދާއާއި ޚިލާފު ސިޓީފުޅެއްކަމަށެވެ. އެ މާއްދާގައި ބުނާ ގޮތުން ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ނޫނީ ބައެއް ގެއްލުމުގެ ފުރުސަތު އޮތް ކަމެއްވެސް ކުރެވޭނީ ރައްޔިތުނގެ މަޖިލީހުގެ ތިން ބައި ކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. 

"އަޅުގަނޑުމެންނަށް މިތާގައި އެބޮތް ތިންބައި ކުޅަ ދެބަޔަށް ވުރެ މާ ބޮޑު އަގުލަބިއްޔަތު، އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ކީއްވެގެންތޯ މި މައްސަލަ މިތަނަށް ހުށަނާޅާ އަމިއްލަ އަމިއްލައަށް ނިންމާލެވިފަ އެ ހުރީ. ކޮބައިތޯ މީގަ އޮތް ސިއްރަކީ؟"

ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު

އަފީފު ވިދާޅުވީ ކޮންމެ ސަރުކާރެއްވެސް ނުވަތަ ކޮންމެ ރައީސަކުވެސް ހޮވަނީ ގާނޫނު އަސާސީ ނެގެހެއްޓުމަށްކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމަށް ވަޑައިގަންނަވަނީވެސް އެ ގާނޫނު އަސާސިއަށް ހުރުމަތްތެރިކޮށް ހިތުމަށް މާތްﷲ ގަންދީ ހުވާކޮށްގެކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެން ކަމުން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ކަމެއް އެހެން ގޮތަކަށް ގެންދިއުމަކީ އެއްވެސް މީހަކަށް ލިބެގެންވާ ހައްގެއް ނޫންކަމަށް އަފީފުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.