މިނިސްޓަރު މާރިޔާ ދީދީ އާއި ސިފައިންގޭގެ ބައެއް އިސްވެރިން މިއަދު ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފުން ބޭއްވި ދުވުން ނިންމުނުގެ ރަސްމިއްޔާތުގައި-- ފޮޓޯ/އެމްއެންޑީއެފް
ރިޕޯޓް
03 Nov 2022 | 23:04
ރިޕޯޓް: ނަސްރުގެ ދުވަސް "ބީ ކެޓަގަރީ" ގައި!

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 3 ވަނަދުވަހު ދިވެހިރާއްޖޭގައި ފާހަގަކުރާ ނަސްރުގެ ދުވަހަކީ އެދުވަހެއްގެ ޒިކުރާ އަބަދުގެ އަބަދަށްވެސް ދިވެހިން އައު ކުރަންޖެހޭނެ ދުވަހެކެވެ. އެއީ ދިވެހިންގެ ތެރޭގައި ހިމެނޭ ޣައްދާރު ބާގީން ތަކެއް ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިންގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރި ބިރުވެރި ދުވަހެއްގެ ހަނދާންތައް އައު ކުރާ ދުވަހެވެ.

އެއީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ އަށް ވީ ބުރާސްފަތި ދުވަހުގެ އަމާން ފަތިސް ނާމާން ބަޑި ބުރާސްފައްޗަށް ބަދަލުވެގެންދިޔަ ގޮތާއި، އެދުވަހު، ދިވެހިންގެ މިނިވަންކަމާއި، އިސްލާމްދީނަށްޓަކައި ލޭ އޮހޮރުވާލި އަބުޠާލުންގެ މަތިވެރި ޖިހާދާއި އެ ގުރުބާނީގެ އަގުވަޒަންކުރާ ދުވަހެވެ. 

ވުމާއެކު، ނޮވެމްބަރު 3 ވަނަ ދުވަސް ދިވެހިންނަށް ވެފައިވަނީ ވަރަށް ޚާއްސަ ދުވަހަކަށެވެ. އެއީ ސަރުކާރަށް ބޮޑު ދުވަހެކެވެ. އެ ދުވަހަށްޓަކައި މުޅި މާލޭގައި ދިދަ ދަމައި ޒީނަތްތެރި ކުރެއެވެ. ކޮންމެ އަހަރެއްގެވެސް އެދުވަހުގެ އިރު އަރައިގެން އަންނަނީ "ކިޔާދޫ ތަކުންމީ، ޝުކުރު ވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާާނާ"، މިލަވަ އިންނެވެ. އެއާއެކު ދެން އިވިގެންދަނީ، ބަޑި ބުރާސްފަތި ދުވަހުގެ އެ ހާދިސާ ލޮލުން ދެކި، އެކަން ތަހައްމަލް ކުރި މީހުން އެދުވަހުގެ ބިރުވެރި ވާހަކަތައް ލޮލުން ކަރުނަ އަންނަ ހާލުގައި ކިޔައި ދެމުންދާ އަޑެވެ.  

ނޮވެމްބަރު 3 ހާދިސާގައި ޝަހީދުވި މީހުން

އެގޮތުން އެ ނާމާން ދުވަހުގެ ފަތިސްގަޑީގައި މާލެއަށް ވެރިފައިވާ ހިމޭންކަން، ބައެއް ދިވެހިންނާއެކު ރާއްޖެއަށް އެރި ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ރިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ މީހުން، ނުވަތަ ތަމަޅަ ޓައިގަރުން ނަގައިލި ވާހަކައެވެ. ބަރު ހަތިޔާރާއެކު މާލެ އަރައި މާލެއަށް ވެރިވެފައިވާ ހިމޭންކަން ނާމާން ކަމަށް ބަދަލުކޮށްލައި ސިފައިންގެއަށް އެމީހުން ދޭންފެށި ބިރުވެރި ޙަމަލާތަކުގެ ވާހަކައެވެ. 

އެ ހަމަލާތަކުގައި، 19 މީހުންގެ ލޭ މި ފަސްގަނޑަށް އޮހުރުވައިލި ހިތާމާވެރި ވާހަކައެވެ. އޭގެ ތެރޭގައި ހިމެނޭ ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންގެ ހިތްވަރު ގަދަކަމާއި ސާބިތު ކަމުގެ ވާހަކައެވެ. އެދުވަހު ތަމަޅަޓައިގަރުން ރާއްޖެ އަރައި އެތައްބައެއްގެ މުދާލޫޓުވާލައި ސަރުކާރުގެ އެތައްތަނަކަށް ގެއްލުންދީ، ލޫޓުވައި، ރަޙުމެއްނެތް އެތައް ޖަރީމާއެއް ހިންގި ވާހަކަތައް އަދިވެސް ލޮލަށް ފެންނަ ފަދައިން ސިފަކުރައްވަމުން އެކި މީހުން އެދުވަހުގެ ހަނދާން އައު ކުރާ ވާހަކަތަކާއި، އަދި ފަހު ވަގުތުގައި ހަތިޔާރު ބަހައްޓައި، އެ ބާގީންނައި ތަމަޅަ ޓައިގަރުން ފިލަންދުވެ، ދިވެހިންގެ ކުރިމަތީގައި ކުޑަޖެހީ ޖަހަންޖެހުނު ގޮތުގެ ވާހަކަތަކެވެ. 

ސަގަރު އަހުމަދު ނާސިރު އާއި ލުތުފީ ސިފައިންގެ ބާރުގެ ދަށަށް ގެނެވިފައި 

މި ވާހަކަ ތަކާއި އެދުވަހާއި ގުޅުން ހުރި އެހެން ކަންކަމަކީ، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 3 ވަނަ ދުވަހު، ދައުލަތުގެ މީޑިއާއިން އިރު އެރީއްސުރެ މުޅި އެ ދުވަސް ނިމެންދެންވެސް ހުއްޓުމެއް ނެތި ގެނެސްދިން ކަންކަމެވެ. އެއީ ދައުލަތުގެ މީޑިއާ އާއި ދިވެހި ސިފައިންނާއި، ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ވަރަށްވެސް ކުލަ ގަދަކޮށް ފާހަގަކުރަމުން އައި ވަރަށްވެސް ޚާއްސަ ދުވަހެކެވެ. 

ރައީސް އޮފީސް؛ މިއަދާއި ގުޅިގެން އެއްވެސް ވަރަށް ޒީނަތްތެރި ކޮށްފައެއް ނުވޭ

އެހެންނަމަވެސް މިއަދުގެ ހާލަކީ އެއީ ތޯއެވެ؟ އަދުގެ ސަރުކާރާއި ދައުލަތުގެ މީޑިއާއިން ވެސް އެ ދުވަސް ފާހަގަކުރަނީ އެހާ މުހިންމު ނޫން "ބީ ކެޓަގަރީ"ގެ ދުވަހެއްގެ ގޮތުގައެވެ. ދުވަހާއި ގުޅިގެން މާ ބޮޑު ޕްރޮގްރާމް ތަކެއް ގެނެސް، އެ ދުވަހު ހިނގައިދިޔަ ހާދިސާ ތަކާއި، އެކަންކަމުގެ ފަހަތުގައި ތިބި ޣައްދާރުންގެ ވާހަކަތަށް މިއަދު ދައުލަތުގެ މީޑިއާއިން ދައްކާތަން ފެނޭ ހެއްޔެވެ؟ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ޝަހީދުވި ދިވެހި ސިފައިންނާއި އާއްމުންގެ އަގު ވަޒަން ކުރެވޭތަން މިއަދު އެބަ ފެނޭ ހެއްޔެވެ؟ ނަސްރު ދުވަހާއި ގުޅިގެން ސަރުކާރުން ކޮންމެ އަހަރަކުވެސް ބާއްވަމުން އައި ޚާއްސަ ޖަލްސާ މިވެރިކަމުގައި އެންމެ ފަހަރަކުވެސް ބާއްވައިފި ހެއްޔެވެ؟ މަގުތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ ބޭރުގެ ގައުމީ ދިދަތަކުން ޒީނަތް ކުރެވިފައިވާތަން މިއަދު އެބަ ފެނޭ ހެއްޔެވެ؟

މުލިއާގެ މިއަދު؛ ގައުމީ ދިދަވެސް ބޭރުގައި ހަރުކޮށްފައެއް ނުވޭ

ހިތާމައައި ބުނަންޖެހޭނީ ނޫނެކޭ ނުފެނެއޭ އެވެ. ވީއިރު މިހެން މިކަން މި ދިމާވީ ކީއްވެތޯވެސް ސުވާލު އުފެދެއެވެ. އެއީ އެދުވަހު ގައުމަށް ޣައްދާރު ވިކަން ސާބިތުވެ ޖަލު ހުކުމް އައި މީހުންގެ ތެރޭގައި، އަދުގެ އެމްޑީޕީ ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ޢާއިލީ މީހުން ތިބުމުން ހެއްޔެވެ؟ ޚާއްސަކޮށް އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދުގެ ބައްޕަ ސިއްކަ އަހްމަދު އިސްމާއިލު ހިމެނޭތީ ހެއްޔެވެ؟ އެދުވަހުގެ އެ ހާދިސާ އާއި ގުޅިގެން މެޑަމް ފަޒުނާގެ ބައްޕައަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. 

ބަންޑާރަ ކޮށީގެ ބޭރު ފާރު؛ ނަސްރުގެ ދުވަހު ދަމާ ގައުމީ ދިދަ ދަމާފައެއް ނުވޭ

ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް، ނަސްރުގެ ދުވަހުގެ އަބުތާލުންގެ ޒިކުރާ އައު ކުރުމަށް އެމްޑީޕީ ސަރުކާރު ތަކުން ނުކުޅެދިފައިވާ ކަމީ ފެންނަން އޮތް ހިތާމަވެރި ހަގީގަތެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
އުތީމު ޚާއްސަވަނީ ކީއްވެ؟
ރަށްތަކުގެ ތެރެއިން ވަކިރަށެއް ޚާއްސަވަނީ ނުވަތަ ޙާއްސަކުރަނީ އެ ރަށަކާ ގުޅިފައިވާ ސިފައެއް ނުވަތަ ސިފަތަކެއްގެ ސަބަބުންނެވެ. މިދެންނެވި ގުދުރަތީ ގޮތުން އެރަށަށް ލިބިފައިވާ ސިފަތަކެއްގެ ވާހަކައެވެ. މިސާލަކަށް ބަނދަރު ފަސޭހަ ރަށަކަށް ވުމުން ދަތުވެރިން އެރަށަކީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރާ ރަށަކަށް ވެދާނެއެވެ.
10 Aug 2026
ނަތަންޔާހޫގެ އަނބިމީހާ، ބަޔަކަށް އަނިޔާކުރި މައްސަލަތަކެއް ކޯޓަށް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭގައި މަސައްކަތްކުރި ކުރީގެ މުވައްޒަފުންތަކަކަށް، އޭނާގެ އަނބިމީހާ ސާރާ ނަތަންޔާހޫ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަތަކެއް ފެންމަތިކޮށްފިއެވެ. މި މައްސަލަތައް މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
10 Aug 2026
އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ