16 Jan 2019 | 11:24
އަހަރެމެންގެ ޖަޒީރާ ރައީސަކީ ކާކުހެއްޔެވެ؟

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ރިޔާސީ އިންތިޚާބުގައި ބޭނުންކުރި މައިގަނޑު ތީމަކީ ޖަޒީރާ ރާއްޖެއެވެ. ރައްޔިތުން އެމަނިކުފާނު ރިޔާސަތަށް ހޮވައިފިނަމަ ޖަޒީރާ ރާއްޖެއަށް އެމަނިކުފާނުކޮށްދެއްވާނެ ކަންތައްތަކާއި ވައުދުތަކުގެ ވާހަކަތަކެއް ވިދާޅުވަމުން ގެންދެވިއެވެ.

ދެން ރިޔާސީ އިންތިޚާބުގައި ބޮޑުތަފާތަކުން ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވައި ސޯލިހް ކާމިޔާބު ހޯއްދެވިއެވެ. ރައީސްކަމަށް އެމަނިކުފާނު ހޮވިވަޑައިގަތުމާއެކު ޖަޒީރާ ރައީސޭ މީހުން މުޚާތަބުކުރަންފެށިއެވެ. އެއީ އިބްރާހިމް މުހައްމަދު ސާލިހް " ޖަޒީރާ ރާއްޖެ" އެތީމް ޕްރޮމޯޓްކުރައްވަން މަސައްކަތްޕުޅު ކުރެއްވިލެއް ބޮޑުކަމުންނެވެ.

އެއްދުވަހަކު އަޅުގަނޑު ސައިބޯން އިންދައި ބަޔަކު މާފްރެންޑްލީ ޒުވާބެއް ފަށައިފިއެވެ. އަޅުގަނޑު އިންމޭޒަކުން ނޫނެވެ. އެކަމަކު އެޒުވާބުގައި އިވިގެންދިޔަ ޝައުގުވެރި ވާހަކަތަކުން ރައީސް ސާލިހްގެ ޕާޓީގެ ރަހުމަތްތެރިޔަކު ކުރެން އަޅުގަނޑު އަހައިލީމެވެ. އަޅެ ނިކަން ތެދަށް ތިމީހުންގެ ހިތުތެރޭގައި އޮތް ޖަޒީރާ ރައީސަކީ ކާކުކަން ބުނެދީބަލާށެވެ. އެނާގެ ޖަވާބަކީ ކިހިނެތްވީހެއްޔެވެ. އަހަރެމެންގެ ހަރުގޭގެ ކުރިމައްޗަށް ގޮސް ބަލާފައި ތިސުވާލުކުރާށެވެ.

އޭގެފަހުން ވަގުތެއްވެގެން ކޮންމެވެސް އެއްދުވަހަކު އެހެންދަމުން މަޑުކޮށްލާފައި ބަލާލީމެވެ. އެތާގައި ބޮޑުއަކުރުން ހިތާހިތާ ގުޅިފައިވާ ލޯތްބެއްގެ ވާހަކައެއް ލިޔެފައި ހުއްޓެވެ. އެކަމަކު ދެން އެއްލުނު ކަޅިއަކުން އެބުނާ ލޯބިވެރިޔާގެ ފޮޓޯގަނޑެއް ބަހައްޓާފައި ހުއްޓާ ފެނުނެވެ. އެއީ ރައީސް މުހައްމަދު ނަޝީދެވެ. އެފޮޓޯގަނޑުގެ ތިރީގައި ޖަޒީރާ ރައީސް މިހެން ލިޔެފައި އޮތެވެ. 

އަޅުގަނޑު ހިތަށް އެރިއެވެ. މީހުން އެކަމަކު ކިޔަނީ ޖަޒީރާ ރައީސަކީ އިބްރާހިމް މުހައްމަދު ސާލިހް ކަމަށެވެ. އެކަމަކު އަސްލު ޕާޓީމީހުން އެގޮތް ގަބޫލުނުކުރަނީތާއެވެ. އެހެން ދުވަހެއްގައި އެއްކަލަ ރަހުމަތްތެރިޔާއާ ދިމާވެގެން ފެނުނު ފޮޓޯގަނޑުގެ ވާހަކަދެއްކީމާ އޭނާ ބުނީ އަހަރެމެންގެ ހިތުގެ އަޑީގައި އޮތް އަހަރެމެން ގަބޫލުކުރާ ރައީސަކީ އެއީއެވެ. ތިފެނުނީ ރަނގަޅަށެވެ.

އޭގެ ދުވަސްތަކެއްފަހުން މިދާކަށްދުވަހު މިހިގާ މަޖިލިސް ކެމްޕެއިންތެރޭގައި އެމްޑީޕީގެ ޖަޒީރާ ރައީސް ނަޝީދުގެ ޖަޒީރާ ވައުދެއް އަޅުގަނޑަށް އިވުނެވެ. އެވައުދަކީ އެމްޑީޕީގެ ސަރުކާރުގައި ނައިފަރާއި ހިންނަވަރު އަދި ފެލިވަރު ( ބްރިޖަކުން ) ގުޅައިލާނަމެވެ. 

އަޅުގަނޑުގެ ހިތަށް ހަމަވަގުތުން އެރިއެވެ. އެދެރަށުގެ މީހުން ހާދަ އުފާވާނެ ޚަބަރެކެވެ. އެކަމަކު ކުޑަކުޑަ އެދެރަށް ބުރިޖަކުން ގުޅުވާލުމަށް އެތައް ބިލިޔަން ރުފިޔާއެއް ހޭދަކޮށް ބުރިޖެއް އަޅަން ހިންނަވަރަކީ އަމިއްލަ ރަށްވިޔަސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ނޫޅޭނެކަންވެސް އަޅުގަނޑަށް އެގެއެވެ. 

ބައެއް ފަހަރު މިހެން ދެއްކޭ ވާހަކަ ވައިގައި ހިފާލައެވެ. އަނެއްބައިފަހަރު މީހުންގެ މަލާމާތެވެ. އަބަދު އަބަދު ދިވެހިންނަކީ ހަތްދިހައިގެ އަހަރުތަކުގައި ޅޮސް އުނދޯލީގައި ތިބެ ހުސް އަނގަތަޅާ ބައެއްކަމަށް ދެކިގެންވެސް ނުވާނެއެވެ. ލޯބީގެ މަސްތުގެ ހާލަތެއްގައި ހުރިމީހަކު ނޫނީ ހިންނަވަރާއި ނައިފަރާ ދެމެދު ފާލަމަކުން ނުވަތަ ބުރިޖަކުން ގުޅުވާލާނެ ވާހަކައަކީ ތެދެއްކަމަށް ނުދެކޭނެއެވެ. އެއީ ފެރީގެ ނިޒާމަކުން ގުޅުވައިލުންކަމަށްވާނަމަ މިހާރުވެސް އެއޮތީ ގުޅިފައެވެ. މިކަހަލަ ނުފުއްދޭނެ ވައުދުތައް ކުރަމުންދަންޏާ ސަރުކާރާމެދު މީހުންގެ ސީރިއަސްކަން ކެނޑި އުއްމީދު ކެނޑޭގޮތްވެސް ވެދާނެއެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑު ޑެމޭޖަކަށް ވެދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.