ބަނާނާ ބްރެޑް--ފޮޓޯ/ގޫގުލް
ލައިފްސްޓައިލް
21 Nov 2022 | 06:48
މިއަދު ހެނދުނަށް ބަނާނާ ބްރެޑް ތައްޔާރުކޮށްލަމާ؟

ބަނާނާ ބްރެޑަކީ ތައްޔާރު ކޮށްލަން ވަރަށް ފަސޭހަ، އަނގަޔަށް ވެސް އެހާމެ މީރު އެއްޗެކެވެ. ހެނދުނު ތެދުވެ ތައްޔާރު ކުރާނެ ވަގުތު ނުވާނަމަ ރޭގަނޑު ވެސް، ނޫނީ އެއްދުވަސް ކުރިންވެސް ތައްޔާރު ކޮށްލާފަ ބެހެއްޓިދާނެއެވެ. ހަލާކެއް ނުވާނެއެވެ. އެހެންކަމުން، ބުރަ ކޮށް އުޅޭ ފަރާތްތަށް ވެސް ހެނދުނު ނާސްތާއަށް ތައްޔާރު ކޮށްލަން މިއީ ވަރަށް ކަމުދާނެ އެއްޗެއް ކަމަށް އުއްމީދު ކުރަމެވެ. 

ބޭނުންވާ ތަކެތި 

3 ވަރަށް ދޮން، ބޮޑު ދޮންކެޔޮ

8 މޭޒުމަތީ ސަމުސާ އަން-ސޯލްޓެޑް ބަޓަރ (މަޑުކޮށްފައި)

3/4 ޖޯޑު ހަކުރު

2 ބިސް

1 1/2 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ

1/2 ސައި ސަމުސާ ލޮނު

1/2 ސައި ސަމުސާ ވެނީލާ އެސެންސް

1/2 ޖޯޑު ރެއިޒިން ނުވަތަ ޗޮކްލެޓް ޗިޕްސް

ތައްޔާރުކުރާނެ ގޮތް 

1) ހޭންޑް މިކްސަރަކުން ބަޓަރ ކޮޅާއި ހަކުރު އެންމެ ކުރިން ރަނގަޅަށް އެކުލަވާލާށެވެ.

2) އުލަކުން ވަކި ތައްޓެއްގައި ދޮންކެޔޮ ޗިސް ކޮށްލާށެވެ. ދެން ބަޓަރ އާއި ހަކުރު މިކްސްޗަރ ގެ ތެރެއަށް ޗިސްކުރި ދޮންކެޔޮ އަދި ބިސް އެޅުމަށްފަހުވެސް ރަނގަޅަށް ހޭންޑު މިކްސަރުން އެކުލަވަމުން ދާށެވެ. 

3) ވަކި ތަށްޓެއްގައި ފުށާއި ބޭކިންގ ޕައުޑަރ އަދި ލޮނު އެކުލަވާލިމަށްފަހު އެވެސް މަޑުމަޑުން ކުރިން ތައްޔާރު ކުރި މިކްސްޗަރ އަށް އަޅަމުންދާށެވެ. ފުށް މިކްސްޗަރ އެއްކޮށް އަޅައި އެކުލަވައި ނިމުމުން ވެނީލާ އެސެންސް އެޅުމަށްފަހުވެސް އެކުލަވާލާށެވެ. 

4) ދެން ޗޮކޮލެޓް ޗިޕްސް ނުވަތަ ރެއިޒިން އެޅުމަށްފަހު ސަމުސަލަކުން އެކުލަވާލާށެވެ. 

5) އެއަށްފަހު ޕާން ފިހާ ޓްރޭއެއްގައި ރަނގަޅަށް ބަޓަރ ކޮޅެއް އުނގުޅާލުމަށްފަހު، އެއްކުރި މިކްސްޗަރ އަޅާލާށެވެ. ދެން 175 ޑިގްރީއަށް 10 މިނެޓް ވަންދެން އަވަން ޕްރީ ހީޓް ކުރުމަށްފަހު، 50 ވަރަކަށް މިނެޓް ވަންދެން ބަނާނާ ބްރެޑް ފިހެލާށެވެ. އިލޮއްޓެއް ބްރެޑް ތެރެއަށް ހަރާލުމަށްފަހު ނަގާއިރު އޭގައި އެއްވެސް އެއްޗެއް ތަތް ނުލާނަމަ އެހުރީ ބަނާނާ ބްރެޑް ފިހެވިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.